މަސްވެރިކަމާއި ގުޅޭ

Octopus-BlueRinged

ދުނިޔޭގެ އެންމެ ވިހަ ގަދަ ބޯވަ 12 ފަހަރު ދަތް އެޅުމުންވެސް ހާލު ސީރިއަސްނުވެ ސަލާމަތްވެއްޖެ

އޮސްޓްރޭލިއާގައި މޫދަށް ގޮސް އުޅުނު އަންހެނެއްގެ ގައިގައި 12 ފަހަރު ބްލޫރިންގްޑް އޮކްޓަޕަސްއެއް ދަތްއަޅައިފިއެވެ. ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ދުނިޔޭގެ އެންމެ ވިހަ ގަދަ ބޯވައިގެ ބާވަތެވެ.

މިހާ ގިނަ ފަހަރަށް އޭތި ދަތްއަޅާފައިވީ ނަމަވެސް އޭނާގެ ފުރާނަވަނީ ސަލާމަތްވެފައެވެ. އޭނާއަށް މި ބޯވަ ހަމަލާދީފައިވަނީ އޭނާ މޫދުން ނެގި ބޮއްޔެއްގެ ތެރެއިން ފައިބައިގެންނެވެ.

އޭތެ އޭނާގެ ބަނޑު މައްޗަށް ވެއްޓި އެކި ތަންތާގައިވަނީ ދަތްއަޅާފައެވެ. އޭގެ ފަހުން އޭނާގެ ބަނޑުގައި ރިއްސަން ފެށުމުން ސިއްހީ ފަރުވާ ހޯދިއެވެ. އެހެން ނަމަވެސް މިއީ ފަރުވާއެއް އޮތް ކަމަކަށް ނުވުމުން އޭނާއަށް ދީފައިވަނީ ދަތު ކަނޑުވާ ބޭހެވެ.

މިހާ ވިހަގަދަ ބޯވައެއް ދަތް އެޅުމުންވެސް އޭނާ ސަލާމަތްވި ގޮތާއިމެދު ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.

ބްލޫރިންގްޑް އޮކްޓަޕަސް ގައިގައި ހުންނަ ނިއުރޯޓޮކްސިންއިން ވިހަ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ދިޔުމުން، ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.

މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!