މަސްވެރިކަމާއި ގުޅޭ

0_PAY-PNVAMPFISH01

ބިރުވެރި ސިފައެއް ޖަހާ ވެމްޕަޔާ ފިޝްއެއް ނެދަރލޭންޑްސްގެ ބީޗަކަށް ލައްގައިފި

ބިރުވެރި ސިފައެއް ޖަހާ ވެމްޕަޔާ ފިޝްއެއް ނެދަރލޭންޑްސްގެ ބީޗަކަށް ލައްގައިފިއެވެ.

އަގައިގައި ގިނަ އަދަދަކަށް ދަތް ހުންނަ މި މަހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެކެވެ. މި މަސް ލެއްގި އިރުވެސް އޮތީ މަރުވެފައެވެ.

ސީ ލެމްޕްރޭސް ނުވަތަ ވެމްޕަޔާ ފިޝްގެ ނަން ދެވިފައިވާ މިމަހަކީ އޭތި ޝިކާރާކުރާ މަހުގެ ގައިގައި ހުންނަ ލޭތައް ބޮއެލާ އެއްޗެކެެވެ. މި ބާވަތުގެ މަހެއް އެންމެ ފަހުން އެ ސަރަހައްދުން ފެނިފައިވަނީ 2017 ވަނަ އަހަރުއެވެ.

ވެނެއްގެ ސިފައަށް އޮންނަ މި މަހުގައި ދަތްދޮޅިއެއް ނުހުރެއެވެ. އޭތި މުޅި އަނގައިގައި ހުންނަނީ ދަތްތަކެވެ. ބައެއް މީހުން ސިފަކުރާގޮތުގައި މިއީ އޭލިއަން ފިޝްއެކެވެ. ސަބަބަކީ މީގެ ސިފަ އެހާ ތަފާތު ވުމެވެ. އަދި އުޅުންވެސް އެހާ ތަފާތުވުމެވެ.

ބީޗުން މި މަސް ފެނިފައިވަނީ މެރިން ބަޔޮލޮޖިސްޓަކަށެވެ. އޭނާ ވަނީ މީގެ ދިރާސާތައް ކުރުމަށް މަސައްކަތްކުރާ ތަނަށް ގެންގޮސްފައެވެ.

މީގެ ދިގުމިނުގައި 83 ސެންޓިމީޓަރު ހުއްޓެވެ. މިއީ ގާތްގަނޑަކަށް 2 އަހަރުގެ ކުއްޖެއްގެ އިސްކޮޅެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!