މަސްވެރިކަމާއި ގުޅޭ

ވަށަފަރު، ފޮޓޯ-ވަށަފަރު ފޭސްބުކް ގުރޫޕް
ވަށަފަރު، ފޮޓޯ-ވަށަފަރު ފޭސްބުކް ގުރޫޕް

ވަށަފަރު މަސް މާރުކޭޓު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ވަށަފަރު މަސް މާރުކޭޓު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

ވަށަފަރު ކައުންސިލުން ބުނީ އެރަށު މަސް މާރުކޭޓު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތަކުން ހުށަހެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް ބިޑު ކޮމެޓީއަށް ފެންނާތީވެ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ މިގޮތަށް އިޢުލާންކުރާ 03 ވަނަ ފަހަރެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންނަމަހުގެ 5 ވަނަ ދުވަހު، ކައުންސިލް އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު އަންނަ މަހުގެ 10 ވަނަ ދުވަހު އަންދާސީ ހިސާބު ހިފައިގެން އިދާރާއަށް އައުމަށް ކައުންސިލުންވަނީ އެދިފައެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުމަށް ކައުންސިލުންވަނީ އެދިފައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!