މަސްވެރިކަމާއި ގުޅޭ

shark3

މަސްވެރިއެއް ބާނަމުން ދިޔަ ކަންނެއްޔެއް މިޔަރެއް މޫދުން އަރާ ކާލާ ވީޑިއޯއެއް އާއްމުވެއްޖެ

މަސްވެރިއެއް ބާނަމުން ދިޔަ ކަންނެއްޔެއް މިޔަރެއް މޫދުން އަރާ ކާލާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ވީޑިއޯއިން ފެންނަގޮތުގައި މިޔަރު މޫދުން މައްޗަށް އަރާ ނަނުގައި އޮތް މަސް މިޔަރު ކާލީ މަސްވެރިންނާއި ދާދި ކައިރިންނެވެ. މަސްވެރިންގެ ޓީމަކީ ސްޓޭންޑުފޯޑު ޔުނިވަރސިޓީއިން ދިރާސާތަކެއް ކުރުމަށް ނިކުމެ އުޅުނު ބަޔެކެވެ.

އެމީހުން ބޭނުންވީ ގްރޭޓު ވައިޓު ޝާކެއް ބަލާލަންށެވެ. އެހެން ނަމަވެސް މިޔަރު ފެނިފައިމިވަނީ އެކަމަށް އުންމީދުކޮށްގެން ތިބި ދަނޑިވަޅެއްގައެއް ނޫނެވެ.

އެމީހުން ރޭގަނޑިގެ ކެއުމަށް ކަންނެލި އެއް ބޭނުމަށް މަސައްކަތްކުރަމުންދަނިކޮށް، މިޔަރު ފެނުން މައްޗަށް އަރާ ކަންނެލި ކާލިތަން ފެނުމުން އެހިސާބުގައި މިޔަރު އުޅޭކަން ވަނީ ކަށަވަރުވެފައެވެ.

މޫދުން މިޔަރު އަރައިގެން އަންނަ މަންޒަރާއި އެކު ބޯޓުގައި ތިބި މީހުންވަނީ ބިރުން ފަހަތަށް ޖެހިފައެވެ. ސަައިޒުގެގޮތުންވެސް ބޮޑު އެ މިޔަރު ކަންނެލި އަނގަޔަށް ލައިގެން އަނބުރާ ކަނޑުގެ އަޑިއަށް ދިޔައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިވާހަކަ ދެއްކުމަކީވެސް ބޮދުވެގެންވާ ކުށެއްކަންނޭގެ! ހިމާޔަޔްލިބިގެންވާ، ވަކިބަޔަކަށް ޑޮލަރ ފައިސާލިބޭ އާއްމުނައްއޮތް ބޮޑުވަބާއެއްތީ!

Comments are closed.