މަސްވެރިކަމާއި ގުޅޭ

ގަވާއިދު: ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގުމަށް މިނިސްޓްރީއަށް ލަފާދޭން އެކުލަވާލާ ކޮމިޓީ

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުމަށް ޓަކައި، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ ބެލެހެއްޓުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާން ކުރެއެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި (ގަވާއިދު ގެޒެޓްކުރެވުނީ 29 އޮގަސްޓް 2022) ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ކޮމިޓީއެއް އެކުލަވާލަން ވާނެކަމަށެވެ.

މި މާއްދާގައި ބަޔާންކުރާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރާނީ މިނިސްޓަރެވެ. މި ކޮމިޓީ އެކުލަވައިލަންޖެހެނީ ތިރީގައިވާ މެމްބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް (މުޤައްރިރު)
  2. މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ތަމްސީލުކުރާ މަންދޫބެއް
  3. ކަނޑުމަހުގެ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ބާވަތެއް (ދޮށީގެ މަސްވެރިކަމާއި، އަތުނަނުގެ މަސްވެރިކަމާއި، ވަދުނަނުގެ މަސްވެރިކަމާއި، ލޭނު މަސްވެރިކަން) ތަމްސީލުކުރާ، އެއް ފަރާތެއް ހިމެނޭ ގޮތުގެ މަތީން 4 (ހަތަރެއް) މަސްވެރިން
  4. އެކްސްޕޯޓޫކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް
  5. ރާއްޖޭގެ ބާޒާރުތަކަށް ޚާއްސަކޮށްގެން ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މަންދޫބެއް
  6. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ތަމްސީލުކުރާ މަންދޫބެއް
  7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބެއް
  8. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބެއް
  9. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މި ގަވާއިދުގެ ދާއިރާތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ހަރަކާތްތަކާ ގުޅުންހުރި 2 (ދޭއް) ޖަމްޢިއްޔާއަކުން، ކޮންމެ ޖަމްޢިއްޔާއެއް ތަމްސީލުކުރާ 1 (އެކެއް) މަންދޫބު

މި ކޮމިޓީގެ ޖަލްސާއެއް އެންމެ މަދުވެގެންވެސް އަހަރަކު 1 (އެކެއް) ފަހަރު ބާއްވަންޖެހެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!