FsngBpRaAAkM6ss

އެމްޓީސީސީ ރޯދަ ހަދިޔާ ޕްރޮމޯގައި ބައިވެރިވެގެން ސުޒުކީ އައުޓުބޯޑް އިންޖީނެއް ލިބުމުގެ ފުރުސަތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ސުޒުކީ ރޯދަ ހަދިޔާގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ނަސީބުވެރި ފަރާތަކަށް 6 އެޗްޕީ ސުޒުކީ އައުޓުބޯޑް އިންޖީނެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޓީސީސީގެ ޕޭޖް ފޮލޯކޮށް އެ ޕޯސްޓަށް ލައިކެއްް ދޭން ޖެހެއެވެ.

އެމްޓީސީސީއިންވަނީ ރޯދައަށް ހާއްސަކޮށްގެންވެސް ޕްރޮމޯއެއް ފަށާފައެވެ.  އޭޕްރިލް 30 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގެ ތެރެއިން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު، ދަވާދު ފިޔަވައި، އެކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިގޮތުން، ޔަންމާ އިންޖީނުންނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓް ލިބޭނީ ހޮވާލެވިފައިވާ މޮޑެލްތަކަކުން ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ސްކޮޓް ބޭޑަރ ކޮމްޕޮސައިޓްސް އަދި ފައިބަރ ގްލާސް މެޓީރިއަލުންނާއި، ކާސްޓްރޯލް ލުބްރިކަންޓުންނާއި، ސުޒުކީ އަދި ޔަންމާ ސްޕެއަރ ޕާޓުގެ އިތުރުން މެރޯލް ސްޓިއަރިންގ ސިސްޓަމާއި، ޓިއުބް، ޝެފްޓް، ޕްރޮޕެލަރ، އަދި އެހެނިހެން އާލާތްތައް ޕްރޮމޯޝަންގައި ހިމެނެއެވެ.

އެމްޓީސީސީ ރޯދަ ޕްރޮމޯ އަމާޒުކުރަނީ އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގ އަދި އިންޖިނިއަރިން ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ދަތުރުފަތުރުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!