މަސްވެރިކަމާއި ގުޅޭ

Dr Hussain

ޑައިވްކޮށްގެން މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ގަވާއިދާ ޚިލާފްކަމެއް، ފީނާ ކޮންމެ ދުވަހަކު ޖޫރިމަނާ ކުރަންޖެހޭ!

ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުމަކީ ވަރަށް ގިނަ މަސްދޯނި ތަކުން ކުރަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންހިފުމަށް ޑައިވް ކުރެއެވެ.

ވައިފުޅި އަޅައިގެން ފީނުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކޮށް، ހުއްދަ އޮންނަ މިންގަނޑަށް އެކަމަށް ބޭނުންވާ ޚާއްސަ އާލާތްތައް ބޭނުންކޮށްގެން ރައްކައުތެރިކަމާއެކު ފީނުމަކީ ހުއްދަ ކަމެއް ނަމަވެސް، މަސްވެރިން އެންދަމަން ފީނަނީ އާންމުކޮށް ހިތްހަމަޖައްސާލަން (ރެކްރިއޭޝަނަލް) ޑައިވް ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ފުނަށެވެ. އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީނުތައް ފުރިހަމަ ނުކޮށް އަދި އެކަށޭނެ ވަސީލަތްތައްވެސް ބޭނުން ނުކޮށެވެ.

އެންދަމަން ފީނާ މަސްވެރިން ޑީކޯވެ، ދާއިމީ ހާނިއްކަ ނުވަތަ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑެތި ގެއްލުން ލިބިފައި އެބަހުއްޓެވެ. މަސްވެރިން ޑީކޯވުމުގެ ހާދިސާތައް އެކި މީޑިއާތަކުން ފެންނަން އެބަހުއްޓެވެ. ރަސްމީ އިދާރާތަކުން ތަފާސް ހިސާބުތައް އާންމު ނުކުރި ނަމަވެސް ކޮންމެ އަހަރަކު ޑީކޯވުން ނުވަތަ ފީނައިގެން މަސްވެރިންނަށް ގެއްލުންވުމުގެ އެތައް ހާދިސާއެއް ދިމާވެއެވެ.

30 އޮގަސްޓް 2020 ގައި ގެޒެޓް ކުރެވުނު ދިވެހިރާއްޖާގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ވާ ގޮތުން ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

މި ގަވާއިދުގެ 14 ވަނަ މާއްދާ ޚާއްސަކޮށްފައިވަނީ ވައިފުޅިއަޅައިގެން ފީނައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށެވެ. އެ މާއްދާގައި ބުނަނީ ޤައުމީ ގޮތުން ނުވަތަ ބައިނަލްއަޤުވާމީގޮތުން ޤަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެކެވެ.

މި މާއްދާއަށް އަމަލުކުރުމުގައި ކެޔޮޅު ނުވަތަ މާސްޓަރު ކުރުން މަނާ ކަންތައްތައް ބަޔާން ކުރާ 16 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބުނަނީ މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާ ގުޅުން ހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުމަކީ މަނަކެމެއް ކަމަށެވެ.

މި ގަވާއިދުގެ 14 ވަނަ މާއްދާ ތަންފީޛުކުރަން ފަށާނެ ތާރީޚެއްކަމަށް ބުނެފައިވަނީ ގަވާއިދަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުން ފެށިގެންނެވެ. އެއީ ގަވާއިދުފެ 4 ވަނަ މާއްދާގެ (ނ)ގެ ދަށުންނެވެ.

ޑައިވްކުރުމުގައި ދިވެހިރާއްޖޭގައި މިވަގުތު އަމަލު ކުރަމުން ދަނީ ޓުއަރިޒަމް މިނިސްޓްރީއިން ބަލަހައްޓަމުންދާ "ދިވެހިރާއްޖޭގައި ފީނުމާއި ފީނުމުގެ ޚިދުމަތް ދިނުމާއިބެހޭ ޤަވާއިދު 2003" އަށެވެ. މި ގަވާއިދުގެ 3 ވަނަ ބައިގެ (1) ގައި މުނިފޫހި ފިލުވުމުގެ ގޮތުން ރާއްޖޭގައި ފީނާ ހުރިހާ މީހުންނަށްވެސް އެންމެ ފުނަށް ފީނުމަށް ހުއްދަކުރަނީ 30 މީޓަރަށެވެ.

މަސްވެރިކަމުގެ ގަވާއިދުގައި ފީނައިގެން އެންދަމާ ނުވަތަ މަސްވެރިކަން ކުރާ މަސްވެރިން އެކަމަށް ބޭނުންވާ ހުއްދަތައް ނަގައިގެން ފީނުމަށް ދީފައިވާ 1 (އެކެއް) އަހަރުގެ މުއްދަތު 29 އޮގަސްޓް 2021 އަށް ހަމަވެފައިވާތީވެ، ފީނައިގެން އެންވެރިކަން ކުރާ އުޅަނދުތަކުން ފީނުމުގެ ހުއްދަ ނެތް އަދި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުން ހުއްދަ ކުރާ މިންގަނޑާއި ޚިލާފަށް ފީނުވުމަކީ މަނާ ކަމެވެ. އެހެންކަމުން ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ޑައިވްކުރާ އުޅަނދުތަކުގައި ފީނާ ފަޅުވެރިން އެކަމަށް ޚާއްސަ ހުއްދަ ނުނަގާ ފީނާނަމަ -/5000 ރުފިޔާއިން ޖޫރިމަނާ ކުރަންޖެހެއެވެ. އަދި ފީނާ ފަޅުވެރިއަކަށް ލިބޭ ގެއްލުމަށް (ދާއިމީ ހާނިއްކައެއް ނުވަތަ މަރުވުން) -/100000 ރުފިޔާއިން ޖޫރިމަނާ ކުރަން ޖެއެހެވެ.

މަސްވެރިކަމުގެ ގަވާއިދުގައި މަސްވެރިކަމަށް ނުވަތަ އެންވެރިކަމަށް ފީނުމާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ 16 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަމްބަރުގައި ވާ ގޮތަށް ދިވެހިރާއްޖޭގައި މަސްވެރިކަމަށް ނުވަތަ އެންވެރިކަމަށް ފީނުން ހުއްދަ ކުރެވޭނެ އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއް ރާއްޖޭގައި ހެދިފައި ނެތެވެ. ސަބަބަކީ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނާ ސެޓްފިކެޓްގައި ބަޔާންކުރާ މިންގަނޑާއި ޚިލާފަށް އެއްވެސް ފަޅުވެރިއަކު ލައްވާ ފީނުވުމަކީ ކުށެކެވެ. 30 މީޓަރަށްވުރެ ފުނަށް ފީނުމުގެ ހުއްދަ ލިބޭނެ ސެޓްފިކެޓެއް ރާއްޖެއިން ދޫނުކުރެއެވެ.

އެންވެރިކަމަށް ދިވެހި މަސްވެރިން އާންމުކޮށް ފީނަނީ 45 މީޓަރަށްވުރެ ފުނަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ބުނާގޮތުން ފީނައިގެން އެންދަމާ އުޅަނދާއި އެ އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު ކޮންމެ ދުވަހަކު ކުއްވެރިވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. mashah heevany thibeyfulha thi habaru nerefa thi inee ehves varakah ranyithunnah visnaafa noon hen dhaulathah joorimanaage rufiyaa ithuru kuran noony dhen ehen kameh ebaoih thoa
    hama ehenme mi dhivehi raahjeyge kandun mas baanaigen and hifaigen mihuryhaa dhuvahu ulheny sarukaarun carduge baavaiih genaun
    huttunyma thibeyfulhaa MADA hifaigen moodah eri hifaany maheh noon eyrun jeheyny amihlla ingi boalan

  2. ޢެއި މިހިރަ މުރަގަގަހު މާލިމީ ކަލެއަށް ކޯއްޗެއް އެގެނީ

    1. Varah rangalha vaahaka eh mihaaru dhen nuve kantha thy masveri kan halaaku kurin.

  3. kaleyah koacheh egigen thiulhenee massveri naa nubehi hemeynun hurebalaa ahrumen loaboa fisaagen baamaamas kolhah laari dheyn nulibey iru ves ahrumenaa nubehi nuhureveyneetha kihaa bodu balaaeh

Comments are closed.