Scuba diving with a puffer fish, Moorea island french Polynesia
Scuba diving with a puffer fish, Moorea island french Polynesia

ވިހަ މަހެއް ކެވިގެން މެލޭޝިއާގައި ދެމަފިރިއަކު މަރުވެއްޖެ

ވިހަ މަހެއް ކަމުގައިވާ 'ޕަފާ ފިޝް' އެއް ކައިގެން މެލޭޝިއާގެ އުމުރުން ދުވަސްވީ ދެމަފިރިން މަރުވެއްޖެއެވެ.

ދެމަފިރިންގެ ތެރެއިން އަންހެންމީހާ މަރުވެފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އެއީ އެމީހުން އެމަސް ކެއި ދުވަހެވެ. އަދި ފިރިހެން މީހާ މަރުވެފައިވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ 8 ވަނަ ދުވަހުއެވެ.

އެމީހުން މަސް ގަނެފައިވަނީ އާއްމުކޮށްވެސް މަސް ގަންނަ ފިހާރައިންނެވެ. އެހެންކަމުން މިކަން ހިނގިގޮތެއް މެލޭޝިއާގެ ކަމާއި ގުޅޭ ވުޒާރާތަކުންވަނީ ފަށާފައެވެ. އެގޮތުން މި މަސް ސަޕްލައިކުރި ފަރާތަކާއި ހޯލްސޭލް އަދި ރީޓެއިލް ކުރުމުގައި އުޅުނު ފަރާތްތައް ދެނެގަތުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ.

އަދި އާއްމުން މަސް ގަތުމުގައި އަދި ކެއުމުގައި ފަރުވާތެރިވުމަށްވެސް ސަރުކާރުން ވަނީ އިލްތިމާޒްކޮށްފައެވެ.

ޕަފާ ފިޝްއަކީ މީހުން ކައި އުޅޭ މަހެކެވެ. އެހެން ނަމަވެސް މި މަސް ކެވޭނީ ވިހަ އެކުލެވޭ ގުނަވަންތައް ފަރުވާތެރިކަމާއެކު ނައްތާލައިގެންނެވެ. އެގޮތުން ހާއްސަ ގޮތެއްގައި ޕަފަރ މަސް ސާފުކޮށް ތައްޔާރުކޮށްގެން ނޫނީ މަހުގެ މަސްތައް ކައިގެން ނުވާނެއެވެ.

ދެމަފިރިން މެންދުރުގެ ކެއުމަށް މަސް ތެލުލައިގެން ކެއިތާ މާ ގިނަ އިރުތަކެއް ނުވަނީސް އަންހެން މީހާ ނޭވާލާން އުނދަގޫވެގެން ތެޅެން ފެށިއެވެ. އޭނާގެ ފިރިމީހާގެ ކިބައިން ވެސް އެފަދަ އަލާމާތްތައް ފެންނަން ފެށީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!