އޮސްޓްރޭލިއާގައި ކިނބުލެއް ކައިރިން މަސްވެރިއެއް ސަލާމަތްވިގޮތް ވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ. 44 އަހަރުގެ އެމީހާ ކިނބޫ ކައިރިން ސަލާމަތްވީ ހަމަ ކިރިޔާއެވެ.
އޮސްޓްރޭލިއާގެ ކްއީންސްލޭންޑުގައި ހިނގި މި ހާދިސާގައި އެމީހާއަށް ހަމަލާ ދީފައިވަނީ 15 ފޫޓުގެ ކިނބުލެކެވެ. އޭތިވަނީ އެމީހާ ކާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ ބިލޮށާއި ބަނޑަށްވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ކިނބޫ ކައިރިން މަސްވެރިއާ ސަލާމަތްވީ އޭގެ ލޮލަށް އިނގިލި ކޮށްޕާލައިގެންނެވެ. އޭނާވަނީ އޭތި ކައިރިން ސަލާމަތްވެގެން އަމިއްލައަށް ހިނގާފައިގޮސް މީހުންގެ އެހީތެރިކަން ހޯދާފައެވެ.
މަސްވެރިއާ އަށް ކިނބޫ ހަމަލާ ދީފައިވަނީ އޭނާ ކޯރުގައި ފަތާފައި އުޅެނިކޮށެވެ. އެގޮތުން އޭނާގެ ބޮލުގައި ދަތް އަޅާ ފެންގަނޑު އަޑިއަށް ދަމައިގަނެ، ގައިގެ އެތަން މިތަނުގައިވަނީ ދަތް އަޅާފައެވެ.
އޭނާއަށް މި ކިނބޫ ކައިރިން ސަލާމަތްވެފައިވަނީ ހަމަ ކިރިޔާއެވެ. އޮސްޓްރޭލިއާގައި ކިނބޫ އިންސާނުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް މީގެކުރިންވެސް ރެކޯޑުކުރެވިފައި އެބަހުއްޓެވެ. މިފަދަ ހާދިސާތަކުގައި ފުރާނަ ސަމާލަތްވެފައިވަނީ މަދު ބައެއްގެއެވެ.