ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމެބަރު ހުސައިން ފިރުޝާން
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމެބަރު ހުސައިން ފިރުޝާން

ވޭތުވެދިޔަ ސަރުކާރުތަކާއި އަޅާ ބަލާއިރު، މަހުގެ އަގު އެންމެ ދަށީ މި ސަރުކާރުގައި: ފިރުޝާން

ވޭތުވެދިޔަ ސަރުކާރުތަކާއި އަޅާ ބަލާއިރު، މަހުގެ އަގު އެންމެ ދަށީ މި ސަރުކާރުގެކަމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެންބަރު ފިރުޝާން މިހެން ވިދާޅުވެފައިވަނީ އެމް.ޑީ.ޕީ ވެރިކަމެއް އޮވެމެ، އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހެޅި ގަރާރުގައެވެ.

ފިރުޝާން ވިދާޅުވީ، މަސްވެރިންނަށް ކޮށްދެއްވާނެކަމަށް ބުނި އެއްވެސް ކަމެއް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނުކުރައްވާކަމަށެވެ.

ފިރުޝާންވަނީ މަހުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސްް ހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން2007 މިހާތަނަށް އައިއިރު މަހުގެ އަގުތައް ހުރިގޮތުގެ ތަފފްސީލްވަނީ ދެއްވާފައެވެ.

  • - 2007 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި މަސް ކިލޯއެއް ގަނެއްފައިހުރީ 5 ރުފިޔާ ލާރިކޮޅަކަށް
  • - 2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މަސް ކިލޯއެއް ގަނެފައި ހުރީ 28 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގެއްގައި
  • - 2012 ގައި ރައީސް ވަހީދުގެ ވެރިކަމުގައި މަސް ކިލޯއެއް ހުރީ 22 ރުފިޔާއަށް
  • - 2013 ގައި ރައީސް ޔާމީންގެ ވެރިކަމުގައި މަސް ކިލޯއެއް ހުރީ 20 ރުފިޔާއަށް
  • - މި ސަރުކާރުގައި މިހާރު މަސް ކިލޯއެއްގެ އަގު ހުރީ 17 ރުފިޔާއަށް

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް މި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ވިދާޅުވެ މެމްބަރު ފިރުޝާންވަނީ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައްވެސް ފާހަގަކުރައްވާފައެވެ. އަދި އޭގައި ހިމެނޭ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ފިރުޝާންވަނީ ވިދާޅުވެއެވެ.

ފިރުޝާން ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުގައިވެސް މިކަންތައްތައް ހިމެނޭ ކަމަށާއި، އެހެންނަމަވެސް އެކަންކަން ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ސަރުކާރުންވަނީ މަސްވެރިންގެ މަތިން ހަނދާން ނައްތާލާފައިކަމަށްވެސް ފިރުޝާންވަނީ ވިދާޅުވެފައެވެ.

ޤަރާރަށް ބަހުސްކުރަމުން ބައެއް މެމްބަރުންވަނީ މި ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކު ކުރިމަގުގައި މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މެމްބަރުންވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!