މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ މަސްވެރިކަމުގެ ގާނޫނު ވުޖޫދުކުރުން: މެމްބަރު ރިޒާ

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ -- ފޮޓޯ/ މަޖިލިސް
މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ މަސްވެރިކަމުގެ ގާނޫނު ވުޖޫދުކުރުން ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

މަޖިލިސްތަޅުމުގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައި ވާ ހުރިހާ ކަމެއް ކުރެވޭނެ ހުރިހާ ފުރުސަތުތަކެއް މަސްވެރިކަމުގެ ގާނޫނުގައި އަކުރުން އަކުރަށް ލިޔެފައި އޮންނާނެ ކަމަށެވެ.

އަދި އެ ގާނޫނުގައި މަސްވެރިންނަށް 'ފިޝިން އެންޑް ޓޫރިޒަމް'، މަސްވެރިކަމާއި ޓޫރިޒަމް އެއްކޮށްލައިގެން ކަންނެލި ދޯނިތަކުގައި ކޮޓަރި ހަދައިގެން ކުރެވޭނެ ސިޔާސަތުވެސް އެގާނޫނުގައި ހިމެނޭ ކަމަށް ރިޒާ ވިދާޅުވިއެވެ.

ފާއިތުވި 15 އަހަރަށް ބަލާއިރު، އެންމެ ގިނައިން މަސް ކިރާފައި ވަނީ 2018 ،2019 ،2020، 2021 ވަނަ އަހަރުގައި ކަމަށާއި އަދި މި އަހަރުގެ މިހާތަނަށް ވެސް މަސް ކިރައިގެން 400 އަށްވުރެ ގިނަ މިލިއަން ރުފިޔާ ލިބިފައިވާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

އެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސް ރާއްޖެއަށް ގަނެފައި ވާކަން ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރި ރޭޓުވެސް ހުރީ ރިކޯޑު މިންވަރަކަށް މަތީގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ