ބޮޑު ދޯންޏެއް ބަނދެ ނިނުމާއެކު، ގދ. ގައްދޫ ލާމިރު މުހައްމަދުގެ 70 ފޫޓުގެ ދޯނި ވިއްކާލަން އިއުލާނުކޮށްފިއެވެ.
އަމިއްލަ ރަށުގައި ބަނދެ، 2009 ވަނަ އަހަރު ރަޖިސްޓްރީ ކުރި "ފްލައިންގް ފިޝް2" ދޯނި މި ރަމަޟާން މަހުވެސް މަހަށް ފުރި ކަމަށާއި ނަމަވެސް 90 ފޫޓުގެ އާ ދޯނިން މަސްވެރިކަމަށް ފަށައިގަތުމުން، ކުރިން ގެންގުޅުނު ދޯނި ވިއްކާލަނީ ކަމަށް ލާމިރު ބުންޏެވެ.

ވިއްކާލަ ދޯންޏަކީ 70 ފޫޓް 20 ފޫޓުގެ ދޯންޏެކެވެ.
ދޯނީގެ ހުރިހާ ތަފްސީލަކާއި، އަގާއެކު ޖަހާފައިވާ ޕޯސްޓެއް ހިއްސާކުރަމުން ލާމިރު ބުނީ މި ދޯނި ގަންނަން ބޭނުންވާ މީހުން އޭނާއަށް ގުޅައިގެން ދޯނި ގަތުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.