ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލު ކޮށްފިއެވެ.
ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށ ާއިފައިނޭންސް ލިބުނުހާ އަވަހަކަށް އެތަނުގެ މަސައްކަތް ފަށާނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ ފުނައްޑޫ ބަނދަރު އޮތީ ހަލާކުވެފައި ކަމަށާއި ފުނައްޑޫ ބަނދަރު ހަދާއިރު އެންމެ ބޮޑު އިސްކަމެއްދޭނީ ވީހާވެސް ދިގު މުއްދަތަކަށް އެތަން ބޭނުންކުރެވޭ ފަދަ ގޮތަކަށް ޑިޒައިންކޮށްގެން ހަދަން ކަމަށެވެ.
ބަނދަރުގެ މަސައްކަތާއެކު ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާނޭ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.
ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖޭހެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.