ސީޝެލްސްގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް ހުއިފި ލަނޑާ ނަގަމުން ދިޔަ މަޑަގަސްކަރުގެ ބޯޓެއް އަތުލައިގަނެފިއެވެ.
ސީޝެލްސްގެ ޑިފެންސް ފޯސްއިން މި ބޯޓު އަތުލައިގަނެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ގަވާއިދާއި ހިލާފަށް ބަޔަކު މަސްވެރިކަަން ކުރަމުންދާ ކަމަށް ޑިފެެންސް ފޯސްއަށް ރިޕޯޓުކޮށްފައިވަނީ ސީޝެލްސްގެ މަސް ބޯޓަކުންނެވެ.
އެ ބޯޓުން ރިޕޯޓުކުރީ ކޮން ބައެއްކަން ނޭނގޭ4 ބޯޓެއް ސީޝެލްސްގެ ކަނޑުގެ ސަަރަހައްދުން ފެނިފައިވާ ކަމަށެވެ. ރިޕޯޓު ލިބުމާއި އެކު، ސީޝެލްސްގެ ކޯސްޓު ގާޑާއި،ސީޝެލްސް އެއަރ ފޯސް ގުޅިގެންވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
މި އޮޕަރޭޝަންގެ ތެރެއިިން އަތުލައިގަނެވުނު ބޯޓުގައި18 މަސްވެރިން ތިބިކަމަށް ޙަބަރުތައް ބުނެއެވެ. އަދި އެމީހުން ލުއިފި ލަނޑާ ނަގާފައި ހުރިކަންވަނީ ފާހަގަކުރެވިފައެވެ.
ކަމާއިގުޅޭ ވުޒާރާތަކުން ދަނީ މި މީހުންނާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ.
ސީޝެލްސްގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށްޓަކައި އެޤައުމުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްވެސްވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.