މިފްކޯއިން ސީފުޑް އެކްސްޕޯ ގްލޯބަލްގައި ބައިވެރިވެއްޖެއެވެ. މިއީ ސްޕެއިންގެ ބާސެލޯނާގައި ބާއްވާ އެކްސްޕޯއެކެވެ.
ސީފުޑް އެކްސްޕޯ ގްލޯވަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ސީފުޑް އެކްސްޕޯއެވެ. މި އެކްސްޕޯ މިއަހަރު ކުރިއަށްދަނީ އޭޕްރިލްމަހުގެ25-27އަށެވެ.
މި އެކްސްޕޯގައި މިފްކޯގެ ފަރާތުން ބައިވެރިވެފައިވާ ޓީމުގައި އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީވެސް ހިމެނެއެވެ. މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެއެވެ.
Exhibiting Seafood Expo Global from 25-27 April at Barcelona. Make sure to drop by our booth GB301 at the #Maldives pavilion at Hall 4/5 Galleria Aisle. pic.twitter.com/WaygOJWV9k
— MIFCO (@mifcomv) April 25, 2023
ސީފުޑް އެކްސްޕޯ ގްލޯބަލްއަށް ބަލާލާއިރު، މި އެކްސްޕޯގައި 160 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވެއެވެ. މި އެކްސްޕޯގެ ތެރެއިން ސީފުޑް ވިއްކާ ފަރާތްތައް ގަންނަ ފަރާތްތަކާއި ގުޅާލަދެއެވެ.