Fusf7e9aAAAuEoQ

ކޫއްޑޫ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެ

ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 24 އޭޕްރީލް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 78.37 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޫއްޑޫ ބަނދަރަށް އަލަށް އިތުރުކުރެވޭ 400 ފޫޓާއެކުއެކު، މަސްކިރާ ޕޮއިންޓުތައް އިތުރުކުރެވި، މަސްވެރި މޫސުމުގައި ކަލެކްޓަރ ވެސަލް އަންލޯޑުކުރުމުގައި މަޑުޖައްސަން ޖެހޭ ޖެހުންވެސް ނިމުމަކަށް އަންނާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!