zxzz

ތައިލޭންޑުގެ މަސްވެރިއެއް 3 ކިލޯގެ މާވަހަރެއް ހޮވައިފި

ތައިލޭންޑުގެ މަސްވެރިއެއް 3 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ. އޭނާއަށް މި މާވަހަރު ފެނިފައިވަނީ ބީޗުމަތީގައި ހިނގާލަން ނިކުމެ އުޅެނިކޮށެވެ.

އޭނާއަށް ފެނުނު މާވަރުގެ އަގު 3 މިލިއަން ބާތު ނުވަތަ 87،000 ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ. މަސްވެރިއާ ޗުވިޓް ސެނަނޯއީ، 36އ ބީޗުމަތީގައި އުޅުނީ ކުރި ޑިނގާ އަދި ކަކުނި ހޯދުމަށެވެ. އެހެންނަމަވެސް އޭނާގެ ނަސީބު ރަނގަޅުކަމުން މިވަނީ މާވަހަރެއް ލިބިފައެވެ.

އޭނާއަށް ފެނުނީ ވަކި ވަކިން އޮތް 5 މާވަހަރެވެ. އޭނާއަށް އެއީ މާވަހަރެއްކަން އެނގުނީ މީގެކުރިން ޓީވީއިން މާވަހަރު ފެނިފައި ހުރުމުން ކަމަށް ޗުވިޓް ބުނެއެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސްް ގިނަ ބަޔަކު ދެކެއެވެ.

2020 ވަނަ އަހަރުވެސް ތައިލޭންޑުގެ މަސްވެރިއަކަށްވަނީ މާވަހަރެއް ފެނިފައެވެ. އޭނާއަށް ފެނިފައިވަނީ 100 ކިލޯގެ މާވަހަރެކެވެ. އޭނާވަނީ އޭތި 4.2 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މިއީ އެޤައުމުގައި މިހާތަނަށް މީހަކަށް ފެނިފައިވާ އެންމެ ބޮޑު މާވަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!