ކ.ފޭދޫފިނޮޅު ކައިރީ މިއަދު ހަވީރު ހިނގި ލޯންޗް އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުންދިޔަ މީހާ މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ އެކްސިޑެންޓް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:42 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްލިބި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް އެކަކު ނިޔާވެފައިވާ ކަމަށާއި، އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) އެވެ.
މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި އެ ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.