އޮސްޓްރޭލިއާގައި 11 އަހަރުގެ ކުއްޖަކަށް މިޔަރެއް ހަމަލާދީފިއެވެ.
އެކުއްޖާއަށް މިޔަރު ހަމަލާދީފައިވަނީ ވެސްޓަން އޮސްޓްރޭލިއާގެ ކުރަޖޮންގް ކޭމްޕްގްރައުންޑު ސަރަހައްދުގެ މޫދަށް އެރި ސްނޯކަލްކުރަމުންދަނިކޮށެވެ.
އެކުއްޖާއަށް މިޔަރު ހަމަލާދިނުމުގެ ސަބަބުން މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާއަށް ފަރުވާ ދެމުންދަނީ ޕަރތު ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ. އެތަނަށް އޭނާ ގެންގޮސްފައިވަނީ އެމެޖެންސީގައި އެއަރލިފްޓް ކޮށްގެންނެވެ.
މިޔަރު ހަމަލާދިނުމުގެ ސަބަބުން އެކުއްޖާގެ ފަޔަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އޭނޭގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެއެވެ.
މިޔަރު ހަމަލާދިނުމުގެ ހާދިސާއަށްފަހު އެސަރަހައްދުގެ ބީޗުތައްވަނީ ބަންދުކޮށްފައެވެ. އަދި ވެސްޓަން އޮސްޓްރޭލިއާގެ ސަރުކާރުގެ ޝާކް ވަރނިން ސިސްޓަމްވަނީ އެލާޓަށް ގެނެސްފައެވެ.