Kaizaan

އަމިއްލަ ފަރާތަކުން ލ. މާމެންދޫގައި އައިސްޕްލާންޓުގެ ހިދުމަތްދޭން ފަށައިފި

އަމިއްލަ ފަރާތަކުން ލ.މާމެންދޫގައި 40 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

އެރަށުގައި އައިސްޕްލާންޓެއްގެ ޙިދުމަތްދޭން ފަށާފައިވަނީ ކައިޒާން އިންވެސްޓުމަންޓުގެ ފަރާތުންނެވެ.

އެފަރާތުން މައުލޫމާތުދޭގޮތުގައި، މި އައިސްޕްލާންޓުން ދުވާލަކު 40 ޓަނުގެ އައިސް އުފެއްދޭނެއެވެ. އެއީ 20 ޓަނުގެ އައިސް އުފައްދާ ދެ މެޝިން ބޭނުންކޮށްގެންނެވެ.

މި އައިސްޕްލާންޓަކީ 60 ޓަނުގެ އައިސް ރައްކާކުރުމުގެ ގާބިލްކަން ހުރި އައިސްޕްލާންޓެކެވެ.

ކައިޒާން އިންވެސްޓުމަންޓުން މައުލޫމާތުދޭގޮތުގައި މާމެންދޫ އައިސްޕްލާންޓުން މިވަގުތު އައިސް ވިއްކަމުންދަނީ އައިސް ކިލޯއެއް1ރ 30ލ އަށެވެ. އެހެންކަމުން އައިސް ޓަނެއްގެ އަގު އުޅެނީ 1300ރ އަށެވެ.

މި އައިސްޕްލާންޓާއި އެކު ދެކުނުގައި މަސްވެރިކަން ކުރުމުގައި އައިސް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!