ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުމަހުގެ ދުވަހު، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި ބެލެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކޮށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓާއި ގުޅިގެން ޒުވާން މަސްވެރިޔާ ހަސަން ސާޖިން މަސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ކަނޑުމަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ދެވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ކަނޑުމަހަކީ ސިއްހަތަށާއި އިޤްތިޞާދަށް ފައިދާބޮޑު ބާޒާރުގައި މަގުބޫލު ކާނާއެއް ކަމަށާއި ނަމަވެސް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް ކަނޑުމަސް ބާނަމުން ދިޔުމުގެ ސަބަބުން ކަނޑުމަސް އާލާވުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ޝާހިދު ވަނީ އެ ޓްވީޓް މެދުވެރިކޮށް ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި ބެލެހެއްޓުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
މި ޓްވީޓަށް ޖަވާބު ދެއްވަމުން ޒުވާން މަސްވެރިޔާ ވިދާޅުވެފައި ވަނީ ކޮވިޑްގެ ދުވަސްވަރު ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީއަށް ހަމައެކަނި އޮތް އުންމީދަކީ މަސްވެރިކަން ކަމަށާއި ނަމަވެސް މަސްވެރިކަން ކުރިއަރުވަން މަސައްކަތް ނުކުރާތީ ޒުވާން މަސްވެރިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޒުވާން މަސްވެރިޔާ އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްކޫލް މާހައުލުގައި ވެސް މަސްވެރިކަން ކުރިއަރުވަން މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވެމުން ނުދާކަމަށާއި، ސްކޫލުތަކުގައި އިސްކަމެއްދީގެން ކިޔަވައިދެމުން އަންނަނީ ޓްރެވެލް އެންޑް ޓްއަރިޒަމް ކަމަށެވެ.
ޒުވާން މަސްވެރިޔާ އިތުރަށް ވިދާޅުވެފައި ވަނީ ކޮވިޑްގެ ދުވަސްވަރު އެންމެ ހަނދާން ހުންނަނީ ނުދަންނަ މަންމައިން ގުޅާފައި ދަރިފުޅު މަހައް ގެންގޮސް ދިނުމަށް އެދި އާދޭސްކޮށް ރޮއެ ހެދި ހަނދާން ކަމަށާއި އެ ދުވަސްވަރު ރިސޯޓްތަކުން ވެސް ޒުވާނުން ވަޒީފާއިން ވަކިކޮށް ބޭރުކުރި ކަމަށެވެ. މީގެއިތުރުން ޕްރައިވެޓް ކުންފުނިތަކުގައި ތިބި ޒުވާނުން ވެސް ވަޒީފާތަކުން ވަކިކުރިކަން ޒުވާން މަސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެން ސިނާއަތްތައް ކުރިއަރުވަން މަސްކަތް ކުރާވަރަށް މަސްވެރިކަމުގެ ދާއިރާއަށްވެސް އިސްކަންދޭނަމަ، މި ސިނާއަތަށްވެސް ޒުވާނުން ނުކުމެ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސާޖިން ވިދާޅުވިއެވެ.
ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ނެރެން މަސައްކަތެއް ނުކުރެވި، ގާނޫނީގޮތުން ކޮންމެ މަސް ދޯންޏެއްގައި އަށް ބިދޭސީން މަހަށް ގެންދިޔުމުގެ ފުރުޞަތު ދީ އެ މަސައްކަތަށް ވެސް ބަންގްލަދޭޝް މަސައްކަތްތެރިން ނެރުމާއި ގުޅިގެން ޒުވާން މަސްވެރިޔާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
One Response
Masverikamuga harakaaytherivaa zuvaanunge ninaakuruvanivi rangalhu khiyaalaa visnun mi raajjeyge verinnah engeytha feneytha adu iveytha munaasabu komme duu ahalaa dhimaa koh rayyitjunge laari bandu alhaigenthibey meehun maa molu vaahaka dhakkaalanee saabahey sajinl