އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި ކ.ގާފަރުގެ ބޭރުގައި މަސްވެރިކަމުގައި އުޅުނު "ނަފާ" ދޯނީގައި ހުރި 24 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އަވަސްފަރުވާ ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފައިވާކަމަށެވެ.
މީގެ ތިންދުވަސްކުރިންވެސް އެމްއެންޑީއެފުންވަނީ ލޮލަށް ބުޅިއެއް ހެރިގެން މަސްވެރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިދިޔަމަހުގެ 18 ވަނަ ދުވަހުވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކ.ގާފަރުގެ ބޭރުގައި މަސްވެރިކަމުގައި އުޅުނު "ނަފާ" ދޯނީގައި ހުރި 24 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އަވަސްފަރުވާ ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްދީފި. pic.twitter.com/VlMvzcMnO7
— Maldives National Defence Force (@MNDF_Official) May 3, 2023
މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މަދުން ނަމަވެސް ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެކެވެ. ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އައިނާއި ހެލްމެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއް ކަމެކެވެ.