ޗައިނާގައި މަސްވެރިކަން ކުރުން މަނާ ދުވަސްވަރު ފެށިއްޖެ

default
default

ޗައިނާގެ މަސްވެރިންނަށް ބޮޑު ޗުއްޓީގެ ދުވަސްތައް ފެށުނީއެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ އެޤައުމުގެ މަސްވެރިން މަސްވެރިކަމަށް ނިކުތުން މަނާދުވަސްވަރެވެ.

ޗައިނާގެ ކަނޑުގެ އައްސޭރިފަށުގައި އުޅޭ މަސްވެރިންނަށް ކުރިއަށް އޮތް 3-4 މަސްދުވަހު މަހަށް ނިކުތުން މަނާވާނެއެވެ. ބައެއް ކަހަލަ މަސްވެރިކަން ކުރާ މީހުންނަށް 3 މަސްދުވަސްތެރޭ މަހަށް ނިކުމެވޭނެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑު ރޫރަލް އެފެއާޒްއިން ޗައިނާގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް އަންނަ މަސްވެރިކަން ކުރުން މަނާ ދުވަސްވަރު، މި އަހަރު އިއުލާންކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން ބޮހާއި ކަނޑާއި، ޔެލޯ ކަނޑު އަދި އީސްޓް ޗައިނާ ކަނޑުގެ އިތުރުން ސައުތު ޗައިނާ ސީގެ ވަކި ސަރަހައްދުތަކެއްގައި މަސްވެރިކަން ކުރުން ވަނީ މަނާކޮށްފައެވެ.

މި ސަރަހައްދުތަކުގައި މަސްވެރިކަން ކުރޭތޯ ބެލުމަށް ކަމާއި ގުޅޭ ވުޒާރާތަކުންވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އެގޮތުން ޗައިނާގެ ޝަންގްޑޮންގ، ފޫޖިއަން ފްރޮވިންސް، ގުއާންޝީ ޖުއާންގ ގެ ހިސާބުތަކުގައި ކޯސްޓު ގާޑުން ހަރަކާތްތެރިވާނެއެވެ.

1980ގެ އަހަރުތަކުގައި ބެލެހެއްޓުމެއް ނެތި ކުރެވުނު މަސްވެރިކަމާއި އެކު ކަނޑުގެ ދިރުންތަކަށްވަނީ ގިނަ އަސަރުތަކެއްކޮށްފައެވެ. އަދި މަހުގެ ސްޓޮކް އިތުރުކުރުމަށްޓަކައި 1995ވަނަ އަހަރުން ފެށިގެން މަސްވެރިކަންވަނީ ސީޒަނަލް ކޮށްފައެވެ. އެގޮތުން އެޤައުމުގައި މަސްވެރިކަން މަނާދުވަސްވަރުތަކެއް އަންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ