މަސްވެރިކަމާއި ގުޅޭ

Bluefin dock 2_fitted

284 ކިލޯގެ ނޫ އަރަހަ ކަންނެއްޔެއް ބޭނުނީ 7 ގަޑިއިރުގެ މަސައްކަތުން

މަސްވެރިކަމުގައި 10 އަހަރަށްވުރެ ދުވަސް ހޭދަކޮށްފައިވާ ޖޮނީ ގްރީންއަށް މީގެކުރިން ދުވަހަކުވެސް ނޫ އުރަހަ ކަންނެއްޔެއް ނުބޭނެއެވެ.

އެހެންނަމަވެސް ނަނުގައި ނޫ އަރަހަ ކަންނެލި ގަނެފައި އެބަހުއްޓެވެ. އެފަހަރުތަކުގައިވެސް ނަނުން މަސް ދޫވަނީއެވެ.

މިފަހުން ގްރީންގެ ނަސީބުމިވަނީ ބަދަލުވެފައެވެ. ބަޔަކު ގޮވައިގެން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ނަނުގައި ޖެހުނީ އާދަޔާ ހިލާފަށް ބޮޑު ނޫ އުރަހަ ކަންނެންޔެކެވެ. ނަނުގައި މަސް ގަތުމުން އެއީ ސައިޒުން ބޮޑު މަހެއް ކަން އެގުނެވެ. އެހެންނަމަވެސް އޭރު އެއީ ނޫ އުރަހަ ކަންނެންޔެއް ކަމެއް، ރީނދޫ އުރަހަ ކަންނެންޔެއް ކަމެއް ބްލޫ މާލިންއެއްކަމެއް ޔަގީނެއް ނުވެއެވެ.

ބޯޓުގައި ދެންތިބި މީހުންގެ އެހީގައި އެމަސް ބޯޓަށް އެރުވޭ ވަރުވީ 7 ގަޑިއިރުވަންދެން ކުރި މަސައްކަތުންނެވެ. ނަނުން ސަލާމަތްވާން އެ ކަންނެލިވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން 4 ގަޑިއިރު ވަންދެން އޭތި މަތަނުވެގެން އުޅެން ޖެހުނު ކަމަށް ގްރީން ބުނެއެވެ.

ނޫ އުރަހަ ކަންނެލި ފެނުން މައްޗަށް ނެގުމުން ބޯޓުގައި ތިބި އެންމެން ވަނީ އުފާފާޅުކޮށްފައެވެ. އަދި އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެންމެން ދެކުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!