މަސްވެރިކަމާއި ގުޅޭ

2281e43c-8ec4-4039-94e9-0005fb87f66f-876x489

ބޯޓު އަޑިއަށް ދިޔުމަށްފަހު، ކަނޑުމަތީގައި 9 ގަޑިއިރު ސަލާމަތުން ތިބެވުނީ މީގެ އެހީގައި

ރާއްޖޭގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައި އަބަދުވެސް ދެކެވޭ ވާހަކައަކީ ސަލާމަތީގޮތުން އުޅަނދުފަހަރުގައި ހުންނަންޖެހޭ ސާމާނު ނުހުންނަ ވާހަކައެވެ. އެހެންނަމަވެސް ހާލަތު ބަދަލުވަމުން އަންނަ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

އުޅަނދުފަހަރުތަކުގައި ޒަމާނީ ސަލާމަތީ އާލަތްތައް ބޭނުންކުރަން ފަށާފައިވާއިރު، މިފަދަ އާލަތްތަކުގެ ސަބަބުން މީހުންގެ ފުރާނަވެސް ސަލާމަތްވެފައި އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ މ. ސާވާރީ ބޯޓު އަދިއަށް ދިޔަ ހާދިސާއެވެ.

ސަވާރީ ބޯޓު އަޑިއަށް ދިޔައީ މާލެ އިން ފުރައިގެން ވ. އަތޮޅު ފުލިދޫ އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ޖުމްލަ ހަ މީހަކު އެ ބޯޓުން ދަތުރު ކުރިއެވެ. އެކަމަކު މިސްރާބަށް ނުދެވެނީވެސް އެ އެންމެންވެސް ކަނޑުވީއެވެ. ބޯޓު ދިޔައީ އަޑިއަށެވެ.

މި މީހުންނާ ގުޅޭ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް އަންގާފައި ވަނީ އެ ދުވަހުގެ ހެނދުނު 06:30 ހާއިރުއެވެ. އެއާއެކު އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއުފުން ކުރަން ފެށިއެވެ.

މި މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ. ކަނޑުވެފައި ތިއްބާ މި މީހުން ފެނުނީ ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުންނެވެ. ބޯޓު އަޑިއަށް ދިޔަތާ ނުވަ ގަޑިއިރު ފަހުން އެ މީހުން ސަލާމަތް ކޮށް އެ މީހުން ހުޅުމާލެ ގެނައިއިރުވެސް އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އެމީހުން ސަލާމަތްވެފައިވަނީ ރައްކާތެރިކަމަށް ހާއްސަ އާލާތްތެއްގެ އެހީގައެވެ. ސަވާރީ ބޯޓުގައި "ބޮޔަންޓް އެޕަރޭޓަސް" ހުއްޓެވެ. އެ އެންމެނަށް އެހައި ގިނައިރު ވަންދެން ކަނޑުމަތީގައި ތިބެވުނީ ބޮޔަންޓް އެޕަރޭޓަސްގައި ހިފަހައްޓައިގެން ތިބުމުންނެވެ. މިއީ 12 ނޯޓިކަލް ބޭރަށް ނުކުންނަ ހުރިހާ އުޅަނދެއްގައި އޮތުން ލާޒިމް އެއްޗެކެވެ.

"ބޮޔަންޓް އެޕަރޭޓަސް" ގެ ވާހަކަ ދައްކާއިރު، ކަނޑު އުޅަނދުފަހަރުތަކަށް މިހާ މުހިންމު ޕްރޮޑަކްޓެއް މި ލިބެނީ ކޮންތާކުން ތޯ ގިނަބަޔަކު ސުވާލު ކުރާނެއެވެ. ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް އެތެރެކޮށް ވިއްކަމުން އަންނަ މެރިން އިކުއިޕެމެންޓްސްގައި ކަނޑު އުޅަނދު ފަހަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ، އެކި ސައިޒްގެ ޕްރޮޑަކްޓްތައް ލިބެން އެބަ ހުއްޓެވެ. އެ ފިހާރައިގައި ލައިފް ރާފްޓްސްއަކީ ކަނޑުމަތީގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭނެ މުހިންމު އަލާތެކެވެ.

 

މެރިން އިކުއިޕެމެންޓްސްގައި އެކި ސައިޒްގެ ލައިފް ރާފްޓްސް ލިބޭނެއެވެ. އެހެންކަމުން އުޅަނދުގެ ސައިޒަށް ބަލައިގެން މި ޕްރޮޑަކްޓްސްތައް ހިޔާރު ކުރެވޭނެއެވެ.

މެރިން އިކުއިޕްމެންޓްސްގައި ހަތަރު ސައިޒެއްގެ ލައިފްރާފްޓްސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި މަތި ހިޔާކޮށްފައި ހުންނަ ލައިފްރާފްޓްސްގެ ވައްތަރެއް ހިމެނޭއިރު، އެއީ 12 މީހުންގެ ޖާގައިގެ އެއްޗެކެވެ.

އޭގެ އިތުރުން މެރިން އިކުއިޕްމެންޓްސްގައި 20 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓާއި 30 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސްއާއި، 50 މީހުންނަށް އެރޭ ވަރުގެ ލައިފްރާފްޓްސް ލިބެން ހުންނާނެއެވެ.

މިއީ ކަނޑުމަތީގައި ހާދިސާއެއް ހިނގާ، އުޅަނދު ދޫކޮށްލަން ޖެހޭފަދަ ހާލަތެއްގައި ބޭނުންކޮށްލަން އެންމެ އެކަށޭނެ ޑިވައިސްއެވެ. ފްލޯޓިންގ ޑިވައިސް ނުވަތަ ލައިފް ރާފްޓްގެ އެހީގައި ކަނޑުމަތީގައި ގިނަ ވަގުތު ތިބެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތެވެ. އަދި ސަލާމަތީ ބާރުތަކުން މީހުންނާއި ހަމައަށް ވާސިލްވަންދެން މިފަދަ ޑިވައިސްއެއްގެ އެހީގައި ތިބެވިދާނެ ކަމުގެ ޔަގީންކަން ލިބޭ އެއް ހާދިސާއަކީ ހަ މީހުން ކަނޑުވެ، ކަނޑުމަތީގައި ނުވަ ގަޑިއިރު ވަންދެން ތިބެން ޖެހުނު ހާދިސާއެވެ.

ބޮޔަންޓް އެޕަރޭޓަސް" އެއް ދޯންޏެއްގައި ހަރުކޮށްފައި، ފޮޓޯ- މަޑުއްވަރީމަސްވެރިން ފޭސްބުކް ޕޭޖް

ސަފާރީ އާއި އެ ނޫންވެސް ބޮޑެތި އުޅަނދުފަހަރުތަކުގައި މިހާރުވެސް ލައިފް ރާފްޓް ބޭނުން ކުރާއިރު، ކޮންމެ އުޅަނދެއްގައިވެސް މިފަދަ ޕްރޮޑަކްޓެއް ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތެވެ.

މެރިން އިކުއިޕްމެންޓްސްގައި މި ޕްރޮޑަކްޓްތައް ހުރިއިރު، އެ ފިހާރައަށް ޒިޔާރަތްކޮށްގެން މި ޕްރޮޑަކްތަކާއި ގުޅޭ މައުލޫމާތު ހޯދިދާނެއެވެ. އަދި ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ. އެ ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ) ގައެވެ. އޭގެ އިތުރުން މެރިން އިކުއިޕްމެންޓްސްގެ ހުޅުމާލޭގައިވެސް ޝޯވރޫމެއް ހިންގާއިރު، މެރިން މާސްޓަރސްގެ ނަމުގައި ހިންގާ އެތަން ހުންނާނީ ރިނާޓުސް އިތާމުތް ރެސިޑެންސްގެ ތިރީގައެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ލައިފްރާފްޓްސްއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ނޫނީ ގަތުމަށް ގުޅާނީ 3338820 އަށެވެ. މެރިން އިކުއިޕެންޓްސްގައި ހުރި "ބޮޔަންޓް އެޕަރޭޓަސް" ޕްރޮޑަކްޓްތައް ބަލަން https://meq.mv/products/1334ޒިޔާރަތްކޮށްލައްވާށެވެ.  މި ވެބްސައިޓް މެދުވެރިކޮށް މެރިން އިކުއިޕެންޓްސް އިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ފަސޭކަމާއެކު ލިބިގެން ދާނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!