މަސްވެރިކަމާއި ގުޅޭ

މަކަރު ހެދުމަށް ބޭނުން ކުރި ބަރު
މަކަރު ހެދުމަށް ބޭނުން ކުރި ބަރު

މަސް ބޭނުމުގެ މުބާރާތެއްގައި މަކަރު ހެދި 2 މީހެއް 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

އެމެރިކާގައި ބޭއްވި މަސް ބޭނުމުގެ މުބާރާތެއްގައި މަކަރު ހެދި 2 މީހެއް  10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އެމެރިކާގެ ކްލީވްލޭންޑުގައި ބޭއްވި ލޭކް އެރީ ވޯލްއައި ޓްރެއިލް ފިޝިންގ މުބާރާތުގައި ބައިވެރިވި 2 މީހުން ހިމެނޭ ޓީމުން ވަނީ އެމީހުން ބޭނި މަސްތަކުގެ ބަރުދަން އިތުރުކުރުމަށް ބަރު ބޭނުންކޮށްފައެވެ. މިކަމާ ގުޅޭގޮތުން މި މުބާރާތުގެ އިސް އޮފިޝަލަކު އޭރު ނޫސްތަކަށް ދީފައިވާ މައުލޫމާތުގައި ވާގޮތުން، އެމީހުން ބާނާފައިވަނީ ފަސް މަސް ކަމަށާއި ބަލާ ބެލުމަށް އޭގެ ބަރުދަން ހުންނާނީ ނުވަ ކިލޯގައެވެ. އެހެން ނަމަވެސް އޭގެ ބަރުދަން 15 ކިލޯއަށް އެރުމުން މަހުގެ ބަނޑު ޗެކްކުރީ ކަމަށެވެ.

އެގޮތުން މަހުގެ ބަނޑަށް ފިތި އިރު ހަރު އެއްޗެއް ފާހަގަކުރެވުމުން، ބަނޑު ޗެކް ކުރި އިރު، މަސް ބޭނުމަށް ބޭނުންކުރާ ދަނގަޑު ބަރުތަކެއް ވަނީ ފެނިފައެވެ.

ޖޭކޮބް  ރުންޔާ އަދި ޗޭސް ކޮމިންސްކީއަށް ޖަލު ހުކުމެއް އައިސްފައިވާއިރު، 3 އަހަރު ދުވަހަށް އެމީހުންގެ ފިޝިންގ ލައިސެންސްވަނީ ހިފަހައްޓާފައެވެ.

މުބާރާތުގައި ހިމެނޭ އެހެން ބައެއް ބައިތަކުން ވެސް މިދެމީހުންވަނީ ވަނަތައް ހޯދާފައެވެ. އެ މީހުން އޭރު ހޯދި ވަނަތަކައި ބެހޭގޮތުންވެސް ފަހުންވަނީ ސުވާލު އުފެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!