މަސްވެރިކަމާއި ގުޅޭ

simple-haiku-mountains-simple-collage-facebook-post-8_202305536079

އަތުލައިގަތް 5 ކިލޯގެ މާވަހަރެއް ނީލަމެއްގައި ވިއްކާލާ ލިބޭ އާމްދަނީ ސަރުކާރަށް

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ ސެންޓާރާގައި ގަވާއިދާ ހިލާފަށް ވިއްކާލަން މަސައްކަތްކުރި 5 ކިލޯގެ މާވަހަރެއް އަތުލައިގަނެފިއެވެ.

މި މާވަހަރުގެ އަގު 5 ކްރޯޑު ރުޕީސް ނުވަތަ 6 ލައްކަ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ފުލުހުން މި މާވަހަރު އަތުލައިގަނެފައިވަނީ އެމްބިއުލެންސްއެއްގައި އޭތި ތަނަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންދަނިކޮށެވެ. މި މާވަހަރާއި އެކު 4 މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެތެރޭގައި ކުރީގެ ފުލުސް އޮފިސަރެއްވެސް ހިމެނެއެވެ.

އަތުލައިގަނެފައިވާ މާވަހަރު ނީލަމެއްގައި ވިއްކާލުމަށްވަނީ ނިންމާފައެވެ. އަދި އޭގެން ލިބޭ ފައިސާ ޖަމާކުރާނީ ސަރުކާރަށެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އެގޮތުން އޮންލައިން ސައިޓުތައް މެދުވެރިކޮށްވެސް މާވަހަރުގެ ވިޔަފާރިކުރެއެވެ.އެގޮތުން މި ސައިޓުތަކުގައި ކިލޯއެއްގެ މާވަހަރު އުޅެނީ 1 ކްރޯޑު ރުޕީސްއަށެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!