މަސްވެރިކަމާއި ގުޅޭ

މިޔަރެއްގެ ފޮޓޯ
މިޔަރެއްގެ ފޮޓޯ

އޮސްޓްރޭލިއާގައި ރާޅާ އަޅަން އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

އޮސްޓްރޭލިއާގައި ރާޅާ އަޅަން އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ. މިޔަރުގެ ހަމަލާއަށް ފަހު އެމީހާވަނީ ގެއްލިފައެވެ.

އަދި އޭނާ މަރުވީ ކަމަށްވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑު ނުފެންނާތީ ކަށަވަރުކުރެވިފައެއް ނުވެއެވެ. މިޔަރުގެ ހަމަލާއަށްފަހު ގެއްލިފައިވަނީ 46 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުންދަނީ ކުރަމުންނެވެ.

އެމީހާއަށް ހަމަލާދީފައިވަނީ ރާޅާ އެޅުމަށް މަޝްހޫރު ހިސާބެއްކަމުގައިވާ ވޯކާސް ރޮކްގައެވެ. އެމީހާއަށް މިޔަރު ހަމަލާދިން އިރު މޫދުގައި އިތުރު 16 މީހުންވެސް އުޅުނެވެ. އަދި އޭގެތެރެއިން ބައެއް މީހުންނަށްވަނީ މިޔަރު ހަމަލާދޭ މަންޒަރު ފެނިފައެވެ.

މިމަހުގެ ކުރީކޮޅުވެސް އޮސްޓްރޭލިއާގައިވަނީ މިޔަރެއް ކުޑަކުއްޖަކަށް ހަމަލާދީފައެވެ. އެކުއްޖާއަށް މިޔަރު ހަމަލާދީފައިވަނީ ވެސްޓަން އޮސްޓްރޭލިއާގެ ކުރަޖޮންގް ކޭމްޕްގްރައުންޑު ސަރަހައްދުގެ މޫދަށް އެރި ސްނޯކަލް ކުރަމުންދަނިކޮށެވެ.

އެކުއްޖާއަށް މިޔަރު ހަމަލާދިނުމުގެ ސަބަބުން ހޮސްޕިޓަލުގައިވަނީ ފަރުވާދީފައެވެ. މިޔަރު ހަމަލާދިނުމުގެ ސަބަބުން އެކުއްޖާގެ ފަޔަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އޭނޭގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް ކަމަށް ޑޮކްޓަރުން އޭރު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!