ސަރުކާރުން ރުކުގެ އާ ޖީލެއް އާލާ ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ރުއް އިންދައިފިއެވެ.
މިފްކޯއިން ބުނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ޓީމުން ވަނީ ފިޝަރީޒް މިނިސްޓްރީން ހަދިޔާކޮށްފައިވާ 100 ރުއް އެ ކޮމްޕްލެކްސްގައި އިންދާފައި ކަމަށެވެ.
ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލީ އިތުރުވުމާއި، ރުކުގެ އާބާދީ ދަށްވުމުގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ވަނީ ދަތިވެފައެވެ. އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފައެވެ. އަދި އެ ރުއްތަށް އަތޮޅުތެރޭގެ އެކި ރަށްތަކަށް ދަނީ ބަހަމުންނެވެ. އެގޮތުން 7 އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެހުމަށް ސަރުކާރުން ނިންމާފައިވެއެވެ.
މިނިސްޓްރީގެ ބެލުމުގެ ދަށުން ތިން ބުރަކަށް ބަހާލައިގެން އަތޮޅުތެރޭގެ ރަށްރަށަށް ރުއްތައް ބެހުމަށް ނިންމާފައިވާއިރު، މިނިސްޓްރީން ބުނީ ރުއްދަނޑު އިންދުމާ ގުޅޭ މަސައްކަތްތައް ކުރަމުން ގެންދާނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.
އެގޮތުން، ރުއްތައް ބަހާނީ ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ ބެލުމަށް ފަހު ކަމަށާއި، ރަށްރަށުގެ ރަށު ކައުންސިލްތަކާ މަޝްވަރާ ކޮށް، ރުއްތައް ބެލެހެއްޓުމަށް ވަކި ބަޔަކު ހާއްސަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
One Response
ވެރިކަމަށް އާދެވިއްޖެނަމަ ފެލިވަރުގަ އިންދާ ފޯދޭރުއްތަކުން ކުރުބަޔާ، ރުކުރާ ބޭނުން ހިފާނީ މެޑަމް ރުގިއްޔާއަބްދުﷲ(ރައިސްގެ ކޮއްކޮގެ އަނބިމީހާ ) މިހާރުވެސް ފެލިވަރުން ރުކުރާގެންދަނީ އެގެއަށް . ކިހާކޮރަޕްޓް ވީމަ ފަސްމީރު ފިހާރަތުން ފެލިވަރު ރުކުރާލިބެން ނުހުންނައިރު ، އެރުކުރާލިބެން ހުންނާނީ ހުކުރު ދުވަހު ނޫރާނީއާގޭކާމޭޒުމަތިން ކަން އެއީ އެންމެން ދައްކާބޮޑު ވާހަކަމިފެންނަ މެނޭޖަރ ގެ ކޮރަޕްޓް ކަން އެއީ. .