މަސްވެރިކަމާއި ގުޅޭ

ގުންބަޅަ

ގުންބަޅަ ނުވަތަ ކުންބަޅައަކީ ރާއްޖޭގެ ބައެއް ރައްރަށުގެ ފަޅުފަޅަށް، އެކި މޫސުމުގައި ބައިބަޔަށް ވަންނަ މަހެކެވެ.

ގުންބަޅައާއި، ތާވަޅައާއި، މުށިމަސް އެކުގައި އައިން ހަދައިގެން ފަޅުތެރޭގައި އުޅެއެވެ. ރައްރަށުގެ ފަޅުތެރެއަށް ގުންބަޅަ ވަދެގެން އުޅޭއިރު ފަނިހަނދި ކަހަލަ ބޮޑެތި މަސް ފަޅަށްވަދެ ޙަމަލާދިނުމުން ކަވައިގަނެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ގިނަ އަދަދަކަށް އަރައެވެ. އަދި ދިރޭ ގުންބަޅަ އަޅައިގެން ހަނދީގެ ވައްތަރުތައް ބޭނުމަކީ، ދިވެހިން ވަރަށް ޝައުޤުވެރިކަމާއެކު ކޮށްއުޅޭ މަސްވެރިކަމެކެވެ.

ގުންބަޅައަކީ ކުޑަކޮށް ފަތިކޮށް، ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ކަންފަތްގަނޑު ހުންނަނީ އެހެނިހެން މަސްމަހާ ޚިލާފަށް މަހުގެ ބަނޑުދޮށްފަރާތާއި ކައިރީގައެވެ. މަހުގެ ބަނޑުދޮށުގައި ތޫނު ކަށްޓެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 14 ސެންޓްމީޓަރަށެވެ.

މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލައެވެ. މަހުގެ އަރިމަތީ ކުލައަކީ ރިހިކުލައެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅު ކުލައިގައެވެ. ދޮށިންކުރާ ކަނޑުމަހުގެ މަސްވެރިކަމުގައި އެންވެރިކަން ތަދު ދުވަސްވަރު އެމެއްގެ ގޮތުގައިވެސް ގުންބަޅަ ބޭނުންކުރެއެވެ. ނަމަވެސް މިއީ ކަށިގިނަ މަހެއްކަމުން މަސްވެރިކަން ފުރިހަމަޔަށް ކާމިޔާބު ނުކުރެވޭ ކަމަށްވެއެވެ. މަހުގެ ޢާންމު ކާނާއަކީ ފަނިފަކުސައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Bluestripe herring
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!