މަސްވެރިކަމާއި ގުޅޭ

ލ.މާވަށް މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެމް.ޓީ.ސީ.ސީ
ލ.މާވަށް މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެމް.ޓީ.ސީ.ސީ

މަސްވެރިކަމަށް ގެއްލުންވާގޮތަށް އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލުވާލި ފަރާތްތައް އިސްތިއުފާދީ: މާވަށު ކައުންސިލް

މަސްވެރިކަމަށް ގެއްލުންވާގޮތަށް އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލުވާލި ފަރާތްތައް އިސްތިއުފާ ދިނުމަށް ލ. މާވަށު ކައުންސިލުން ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލާފައި ވާތީ ކަމަށް ބުނެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މާވަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ޒަމާނުއްސުރެން ރާއްޖޭގެ ދެކުނުން ފޯޅަވަހި ހިމެނޭ އަތޮޅުތަކާއި ދެމެދު ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ، ގާނޫނުގައި ވާގޮތުގެ މަތިން 200 ނޯޓިކަލް މޭލު ކަމަށެވެ.

ނަމަވެސް އެގޮތަށް އެކަން ބޭއްވުމަށް ސަރުކާރުން ބައިނަލްއަގުވާމީ ކޯޓުގައި ވަކާލާތު ކޮށްފައި ނުވާ ކަމަށް މާވަށު ކައުންސިލުން ބުންޏެވެ. އަދި އެއީ ގައުމަށް ޣައްދާރުވުން ކަމުގައި ދެކޭކަމަށް އެ ކައުންސިލުން ބުންޏެވެ.

މާވަށު ކައުންސިލުން ބުނީ ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނަށް އެންގުމެއް ނެތި ރާއްޖޭގެ ސަރަހައްދާ ގުޅޭ މައްސަލައެއް ރާއްޖެއާ ދެކޮޅަށް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަޔަކަށް ވާގިވެރިވެ، ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން45 ހާސް އަކަކިލޯމީޓަރު ގެއްލުމަކީ ގައުމަށް ގައްދާރުވުން ކަމުގައި ދެކޭ ކަމަށެވެ.

މީގެ އިތުރުން، ޒަމާނުއްސުރެ މަސްވެރިކަމަށް ބަރޯސާ ވެފައިވާ މި ގައުމުގެ މިނިވަންކަމާއި ގައުމުގެ ސަރަހައްދު ހިމާޔަތް ކުރުމުގައި ކާބަފައިން ވީ ގުުރުބާން މަތިން ހަނދާންކޮށް، ގައުމަށް ޣައްދާރުވެ، ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ބޭރުގައުމަކަށް ދޫކޮށްލުމުގަި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށް ހަރުކަށި އަދަބު ދިނުމަށް މާވަށު ކައުންސިލުން ގޮވާލިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަބުނާ ސަރަޙައްދުން މިހާތަނަށް ކުރި މަސްވެރިކަމުގެ ތަފާސްހިސާބެއް ދީފަ ގެއްލުމުގެ ވާހަކަ ދެއްކިއްޔާ އަޑުއަހާލަން ރައްޔިތުންނަށް ފަސޭހަވާނެ ދެއްތޮ... ތިޔަ ކައުންސިލަށް ތިބުނާ ސަރަޙައްދެއް އޮތްކަން އެނގުނީ ކިހިނެއް...؟

Comments are closed.