މަސްވެރިކަމާއި ގުޅޭ

ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން
ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން

ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެގޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓުން އެލަރޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫއާ ދެމެދުގެ އަތޮޅުތަކަށެވެ.

މެޓުން ލަފާކުރާ ގޮތުގައި މިއަދު މެންދުރު 2:00 ގެ ނިޔަލަށް، އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!