މިޔަރު ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާ، ފޮޓޯ- ހަފްތާ
މިޔަރު ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާ، ފޮޓޯ- ހަފްތާ

މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި އެވެ. ޙަބަރު ލިބޭގޮތުގައި މިޔަރު ހަމަލާދީފައިވަނީ ގދ. ތިނަދޫ “ކަޅިރަވަ” ދޯނީގައި މަސައްކަތް ކުރާ ބިދޭސީ އަކަށެވެ.

މިޔަރު ހަމަލާދިނީ ކޫއްޑޫ ކައިރީގައި މަސް ބާނަން ތިއްބާ ބިދޭސީ މީހާ އެއްލައިގެން ހުރި ދޮށީގައި ގަތް މިޔަރަކާއެކު އޭނާ ކަނޑަށް ވެއްޓުމުންކަމަށް މައުލޫމާތުލިބެއެވެ. އޭނާއަށް ހަމަލާދިން މިޔަރުގެ ބޮޑުމިނުގައި8 ވަރަކަށް ފޫޓު ހުންނާނެ ކަމަށް އެދޯނީގެ ބައެއް މީހުން ބުނެއެވެ.

އެ ހާދިސާގައި އޭނާގެ ކަނާއަތަށާއި ފައިތިލައަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައިެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަތް ޒަހަމްވެ ފައިބަމުން ދިޔަ ލޭތައް މަނާކުރަން އޮތީ ބޮޑު ފޮތިގަނޑެއް އޮޅައިފައެވެ. އަދި އެ މީހާގެ ފައިގެ އެތަންމިތަނުގައި މިޔަރުގެ ހަމަލާއިން ލިބުނު ފުން ޒަހަމްތައް ފެންނަ ހުއްޓެވެ.

އޭނާއަށް މިހާރުދަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަހުގެ ބާވަތެކެވެ. މިއާއެކު ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ހިލާފަށް މިހާރު މިޔަރުވަނީ ގިނަވެފައެވެ.  މިޔަރު މާގިނަވެ އެކަމުގެ އުނދަގޫ މަސްވެރިންނަށް ކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!