original_1684169416110

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އޮފިޝަލް މެރިން ޕްރޮޑަކްޓްސް ޕާޓްނަރަކަށް މެރިން މާސްޓާރ

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އޮފިޝަލް މެރިން ޕްރޮޑަކްޓްސް ޕާޓްނަރަކަށް މެރިން މާސްޓާރ ހަމަޖައްސައި އެކަމާއިި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އޮފިޝަލް މެރިން ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. މެރިން މާސްޓާރގެ ފަރާތުން ސޮއިކުރެއްވީ ޝޯރޫމް މެނޭޖަރު އިބްރާހިމް ފަޒީލް އެވެ.

މެރިން މާސްޓާރ އަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ "މެރިން އިކުއިޕްމެންޓްސްގެ ދަށުން ހުޅުމާލޭގައި ހުޅުވާފައިވާ ފިހާރައެކެވެ. މެރިން މާސްޓާރ އަކީ މެރިން އިކުއިޕްމަންޓްސް އިން ކަނޑު އުޅަނދުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ 15 އަހަރުގެ ތަޖުރިބާއާއި އެކު،  ކަސްޓަމަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މެރިން އިކުއިޕްމެންޓްސްގެ މާލޭގެ ފިހާރައިން ލިބޭ ތަކެތި މެރިން މާސްޓާރ ޝޯ ރޫމް އިން ވެސް އެއް އަގެއްގައި ލިބެން ހުންނާނެއެވެ. އަދި މެރިން މާސްޓަރ ޝޯވ ރޫމް އިން ލިބެންހުރި ބައެއް ސާމާނުތަކުގެ ތެރޭގައި ޖީޕީއެސް، ފިޝް ފައިންޑާ އިތުރުން މެރިންގަ ބޭނުންވާނެ ހާޑްވެއާ، އެންޓިފޯލިން، ސަމުގާ، ދުރުމި، ޑީސީ އިލެކްޓިކް ސާމާނު އަދި އެކި ވައްތަރުގެ ލައިޓްސް ހިމެނެއެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ކުޅުން، މިހާރު ފެށިގެން ކުރިއަށް ދާއިރު، މި މުބާރާތް ހަތަރު މަސް ދުވަހަށް ދިގުދެމިގެންދާއެވެ. އަދި 8 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!