މަސްވެރިކަމާއި ގުޅޭ

Collge

އިންޑިއާގެ ގޮދަވާރީ ޑިސްޓްރިކްޓްގައި މަަސްވެރިކަމާބެހޭ ޔުނިވާރސިޓީއެއް އަޅަނީ

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވެސްޓް ގޮދަވާރީ ޑިސްޓްރިކްޓްގައި މަަސްވެރިކަމާބެހޭ ކަންކަން ކިޔަވައިދޭ ޔުނިވާރސިޓީ އެޅުމަށް ނިންމައިފިއެވެ.

މީޑިއާ މެދުވެރިކޮށް މިކަން އިއުލާންކޮށްފައިވަނީ އިންޑިއާގެ އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމިޝަނަރ ތުންމާ ވިޖޭ ކުމާރު ރެޑީއެވެ. އޭނާ ވިދާޅުވީ، ޔުނިވާރސިޓީ އެޅުމަށް 300 ކަރޯޑު ރުޕީ ހަރަދުކުރުމަށް ނިންމާފައިވާކަމަށެވެެ.  މި ޔުނިވާރސިޓީ ތަރައްޤީކުރުމުގެ ކަންތައްތައް 5 އަހަރުގެ ތެރޭގައި ނިންމާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ މިމަސްވެރިކަމާބެހޭ ޔުނިވާރސިޓީ ތަރައްޤީކުރުމަކީ އެތައް ދުވަސްތަކެއް ވަންދެން މިސަރަހައްދުގެ މަސްވެރިންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދެކެމުން އައި ހުވަފެނެއްކަމަށެވެ. އަދި އަންދްރަ ޕްރަދޭޝްގެ ވެސްޓް ގޮދަވާރީ ޑިސްޓްރިކްޓްގައި މަސްވެރިކަމުގެ ދާއިރާއަށް ބަރޯސާވެ އާމްދަނީ ހޯދަމުންދާ ލައްކައެއްހާ ފަރާތްތަކަށް މިކަމުގެ ސަބަބުން ފައިދާ ކުރާނެކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މިޔުނިވާރސިޓީ ތަރައްޤީކުރުމާއިއެކު މިސަަރަހައްދުުގެ މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ކަމާބެހޭ ތަމްރީނު ނުލިބުމުގެ ސަބަބުން މަސްވެރިކަން ކުރުމާއި، ތަކެތި އުފެއްދުމުގައި ކޮލިޓީ ނުހިފެހެއްޓުން ފަދަ ކަންކަމުން ދުވާލެއްގެ މައްޗަށް ވަމުންދާ 2500 ކުރޯޑުގެ ގެއްލުން ނައްތާލުމަށް މަގުފަހިވާނެކަމަށެވެ.

މިއީ އިންޑިއާގައި ޤާއިމްކުރާ މަސްވެރިކަމާބެހޭ މިފަދަ 6 ވަނަ ޔުނިވާރސިޓީއެވެ. އިންޑިއާގެ ކަރްނާޓަކާ، ކެރަލާ، ޓަމިލް ނާޑޫ، ވެސްޓް ބެންގޯލް އަދި މަހަރާޝްތްރާގައި މަސްވެރިކަމާބެހޭ ޔުނިވާސިޓީތައް ދަނީ ހިންގަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!