މަސްވެރިކަމާއި ގުޅޭ

70001421_10157398392377350_953695508096876544_n

ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ބެޓަރި މެރިން އިކުއިޕްމަންޓްސްއިން ލިބޭނެ

ފެންވަރު ރަނގަޅު ބެޓަރި ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރުމަކީ މުޙިއްމު ކަމެކެވެ. އަދި ރާއްޖެ ފަދަ ދަތުރުފަތުރުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް މިއީ ނުހަނު ބޭނުންތެރި އެއްޗެކެވެ.

ބެޓަރީގެ ސަބަބުން ލިބޭ ފަސޭހަތަކާއި އެކު މީގެ ބޭނުން މިފަހުން މިވަނީ ބޮޑުވެފައެވެ. އެގޮތުން މީގެން ލިބޭ އެންމެ ބޮޑު ފަސޭހައަކީ އަޑެއް ނުހުރުމާއި، ތިމަވެއްޓަށް ގެއްލުންދޭއެއްވެސް މާއްދާއެއް ބޭރު ނުކުރުމެވެ.

ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ އުފެއްދުންތައް ވިއްކާ މެރިން އިކުއިޕެމެންޓްސްއިން ރާއްޖެއަށް ދަނީ ތަފާތު ވައްތަރުތަކުގެ ބެޓަރިތައް އެތެރެކޮށް ވިއްކަމުންނެވެ.

އެ ފިހާރައިން ލިބެން ހުރި ތަފާތު ވަތްތަރުތަކުގެ ބެޓަރިތަކަށް ބަލާލާއިރު،

  • ފްލަޑަޑް ލީޑް އެސިޑް ބެޓަރި : މި ވައްތަރުގެ ބެޓަރި އާއްމުކޮށް ބޭނުންކުރަނީ އަގުހެޔޮ ވެފައި ނަތީޖާ ރަނގަޅުވުމުންނެވެ. އެގޮތުން ކުދި ބޯޓު ފަހަރާއި، ޔޮޓްތަކާއި، އެހެނިހެން އުޅަނދުފަހަރަށްވެސް ބޭނުންވާ ވަރަށް މި ވަތްތަރުގެ ބެޓަރިތަކުގައި ބާރު ހުރެއެވެ.
  • ސީލްޑް ލީޑް އެސިޑް ބެޓަރީ : މިއީ މެރިން އިންޑަސްޓްރީގައި މަޤްބޫލްކަން ހޯދައިފައިވާ އެއްޗެކެވެ. ސަބަބަކީ މި ބެޓަރީތައް ގިނަ ދުވަހު ބޭނުންކުރެވި، މެއިންޓޭނަންސް ހަރަދުތައް ކުޑަވުމެވެ. މި ބެޓަރީތަކަކީ ބަންދުކޮށްފައި ހުންނަ ބެޓަރިތަކަކަށްވުމުން ތިމާވެއްޓަށް ގެއްލުމެއް ވެދާނެ އެއްވެސް ކަހަލަ ލީކެއް ނޫޅޭނެއެވެ. އެހެންކަމުން މިއީ މެރިން އެޕްލިކޭޝަންތަކަށް އެންމެ ރަނގަޅު ބެޓަރިއެވެ.
  • ލީތިއަމް އަޔަން ބެޓަރީ : މި ބާވަތުގެ ބެޓަރިތަކަކީ އާދައިގެ ބެޓަރިތަކަށްވުރެ ގިނަ ފައިދާތަކެއް ލިބޭ ޒަމާނީ ބެޓަރިތަކެކެވެ. ބެޓަރި ލުއިވުމާއި، ކޮމްޕެކްޓު އެއްޗަކަށްވުމުގެ ސަބަބުން މިއީ ކުދި ދޯނިފަހަރާއި ޔޮޓުތަކަށް އެންމެ އެކަށީގެންވާ ވައްތަރުގެ ބެޓަރިއެވެ. މި ބާވަތުގެ ބެޓަރިއަކީވެސް އުމުރު ދިގު، މެއިންޓޭނެންސް ހަރަދުތައް ކުޑަ ބެޓަރިތަކެކެވެ.
  • ޖެލް ބެޓަރީ : މީގެ ބެޓަރިތަކުގައި ލިކުއިޑްގެ ބަދަލުގައި ބޭނުންކޮށްފައި ހުންނަނީ ޖެލް އިލެކްޓްރޯލައިޓްސްއެވެ. އާދައިގެ ލީޑް އެސިޑް ބެޓަރީތަކާއި އެއްގޮތް ކަންތައްތަކެއް މި ބެޓަރީގައި ހުރެއެވެ. އެގޮތުން މިއީ ގިނަ ދުވަހު ބޭނުންކުރެވޭ އިތުބާރު ހުރި ބެޓަރިއެކެވެ. އަދި މިއީ މެއިންޓޭނެންސް ފްރީ، ސްޕިލް ފްރޫފް ބެޓަރިތަކެކެވެ.

މެރިން އިކުއިޕްމަންޓުން ލިބެން ހުރި ބެޓަރިތަކާއި އަދި އެހެންވެސް ސާމާނުތަކުގެ މައުލޫމާތު https://meq.mv/categories/249 މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!