މަސްވެރިކަމާއި ގުޅޭ

ނޮޅިވަރަމްއިން ސާޖިންއަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ ޒުވާން މަސްވެރިޔާ ފޭސްބުކް
ނޮޅިވަރަމްއިން ސާޖިންއަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ ޒުވާން މަސްވެރިޔާ ފޭސްބުކް

ޒުވާން މަސްވެރިޔާ އުތުރުން ދެކުނަށް ކުރާ ދަތުރުގައި މިހާރު ހުރީ ނޮޅިވަރަމްގައި

ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ވެފައިވާ ޒުވާނާ، ހަސަން ސާޖިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރުމަށް ކުރާ 'އުތުރުން ދެކުނަށް' ދަތުރުގައި ހދ. އަތޮޅުގެ ތިންވަނަ މަންޒިލް ކަމަށްވާ ހދ. ނޮޅިވަރަމް އަށް ފޯރައިފިއެވެ.

ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.

ސާޖިންއަށް ނޮޅިވަރަމްއިން މަރުހަބާ ކިޔަނީ -- ފޮޓޯ/ ޒުވާން މަސްވެރިޔާ

ހއ ގެ ރަށްތަކުން ވަނީ ޒުވާން މަސްވެރިޔާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށުގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!