އދ. މަހިބަދޫ މަސްވެރިންގެ އައްސޭރީގައި ހަދާފައިވާ އެޕާޓްމަންޓްގައި ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް އެރަށު ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.
މަހިބަދޫ ކައުންސިލުން ބުނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް އެކައުންސިލްގައި ރަޖިސްޓްރީވުން: 30 މޭ 2023 ގެ ނިޔަލަށް procurement@mahibadhoo.gov.mv އީމެއިލް މެދުވެރިކޮށް ފޮނުވުން
- މައުލޫމާތު ދިނުމުގެ ބައްދަލުވުން: 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެއިދާރާގައި،
- ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި
މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެ ކަމަށް މަހިބަދޫ ކައުންސިލުން ބުންޏެވެ.
މިޢިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 28 މޭ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން procurement@mahibadhoo.gov.mv އަށް މެއިލްކުރުމަށް މަހިބަދޫ ކައުންސިލުން ވަނީ އެދިފައެވެ.
ރެޖިސްޓަރ ކޮށްފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.