މަސްވެރިކަމާއި ގުޅޭ

l_2020_10_27_103625_qv6xw4nhrbkgmzjfa1co3iupled8925ts7y_EN_

ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން ރައީސް ފޮނުވި ސިޓީ ބަންޑާރަނައިބަށް ފެނުނުކަމާމެދު ސުވާލުއުފެދޭ: ޝިޔާމު

ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެގައުމުގެ ބޮޑުވަޒީރައް ފޮނުއްވި ސިޓީ ރާއްޖޭގެ ބަންޑާރަނައިބް އިބްރާހިމް ރިފްއަތުއަށްވެސް ފެނުނުކަމާއިމެދު ސުވާލު އުފެދޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަހަކަދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ސަރަހައްދުން ބެހިގޮތާއި މެދު ރާއްޖެއިންވެސް އުފާ ފާޅުކޮށްފައިވާއިރު، މޮރިޝަސްއިންވެސް މިކަމާއި ގުޅިގެން އުފާ ފާޅުކޮށްފައެވެ.

"ރާއްޖެ މޮޅުވީ ކަމަށްބުނެ އުފާ ފާޅުކުރި، މޮރިޝަސްއިންވެސް އުފާ ފާޅުކޮށް ހަވާ އަރުވާފައިވޭ، ވިސްނާ ވިސްނާ ނޭގުނު މިވެގެން އުޅޭ ގޮތެއް، މިހާރު ސުވާލު އުފެދޭ ބަންޑާރަނައިބަށް އެސިޓީ ފެނުނު ކަމާއި މެދު، ބަންޑާރަ ނައިބު އެބަޖެހޭ ވިދާޅުވެދެއްވަން އެ ސިޓީފުޅު ފެނުނު ކަމަށް،" ޝިޔާމް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެ-މޮރިޝަސްއާ ފުށުއަރާ ސަރަހައްދު ދެގައުމަށް ހަމަހަމައަށް ބަހަން ނިންމުމާއެކު، ރާއްޖޭގެ މަސްވެރިންނަށް ދެކުނުގައި ކުރިން މަސްވެރިކަން ކުރެވޭ 45،000 އަކަކިލޯމީޓަރެއް ވުރެ ބޮޑު ސަރަހައްދެއް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!