މަސްވެރިކަމާއި ގުޅޭ

Blacktip-reef-sharks-dead-semakau

ކަނޑަށް ދޫކޮށްލާފައި އޮތް މަސް ހިފަން ގެންގުޅޭ ދާގަނޑެއްގައި ޖެހި 14 މިޔަރު މަރުވެއްޖެ

ކަނޑަށް ދޫކޮށްލާފައި އޮތް މަސް ބާނަން ގެންގުޅޭ ދާގަނޑެއްގައި ޖެހި14 މިޔަރު މަރުވެއްޖެއެވެ.

ސިންގަޕޫރުގައި ހިނގި މި ހަދިސާގައި ދާގަނޑުގައި ޖެހި މަރުވެފައިވަނީ ބްލެކްޓިޕް ރީފް ޝާކްތަކެކެވެ.

މިއީ ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ މަސްމަހާމެހީގެ ލިސްޓުގައި ހިމެނޭ ބާވަތުގެ މިޔަރުތަކެކެވެ.

މިޔަރުގެ އިތުރުން އެހެން ބާވަތްތަކުގެ މަސްތައްވެސްވަނީ މި ދާގަނޑުގައި ޖެހި މަރުވެފައެވެ. މި ދާގަނޑުގެ ދިގުމިނުގައި300 މީޓަރު ހުންނާނެ ކަމަށް މިކަން ތަހްޤީގު ކުރާ ޓީމުންވަނީ ބުނެފައެވެ.

ދާގަނޑުގައި ޖެހިފައިވާ މިޔަރުތަކުގެތެރޭގައި ހިމެނެނީ 1 މީޓަރުގެ ދިގު މިޔަރަކާއި، 50 ސެންޓިމީޓަރުގެ މިޔަރުތަކެކެވެ.

2022ވަނަ އަހަރު ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ސިންގަޕޫރުގެ ކަނޑުތަކުގައި އެންމެ އާއްމުކޮށް ފެންނަ މަސްވެރިކަމުގެ އާލާތަކީ މަސް ބާނަން ގެންގުޅޭ ދާގަނޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ތިވެސް މިރާއްޖޭގެ ކަނޑަށް ގިނައިން ފައްތާ މިޔަރު މަދުކުރންވީ

  2. އަދިވެސް އިތުރު ދާއަޅައިގެން ވެސް އެބަ މަދުކުރަންޖެހޭ، އިންސާނުންނަށް ކަނޑަކީ ނުރައްކާތެރި ތަނަކަށްވެއްޖެށް، ފަޅުމަތިންވެސް ޙަމަލާދެނީ، ސަލާމަތެއްއޮތީ ތިއެއްޗެހި މަދުކޮށްގެން.

Comments are closed.