މަސްވެރިކަމާއި ގުޅޭ

photo_2023-05-26-21.09.25

މަސް ކިރުވޭނެ ގޮތެއް ތިނަދޫގައި ނެތުމުން، މަސްވެރިން ނުކުމެ އައިސްޕްލާންޓްގައި ތަޅުއަޅުވައިފި

މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓްގައި ތަޅުއަޅުވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތިނަދޫ އައިސްޕްލާންޓްގައި މަސްވެރިން ނުކުމެ ތަޅު އަޅުވާފައިވަނީ މަސް ކިރުވޭނެ ގޮތެއް ތިނަދޫއިން ނެތުންނެވެ. އަދި މަސް ކިރުވަން ނަންބަރު ނަގަން ކޫއްޑޫއަށް ދާންޖެހޭތީއެވެ.

މަސްވެރިން އައިސްޕްލާންޓްގައި ތަޅު އެޅުވުމަށްފަހު ތަޅުދަނޑި މޫދަށް އެއްލާލާފައިވާއިރު،  މަސްވެރިންގެ ޑިމާންޑަކީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ތިނަދޫއަށް އައިސް މަސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

އަދި މަސް ކިރުވަން ތިނަދޫ އައިސްޕްލާންޓުން ނަންބަރު ލިބޭނެ ގޮތް ހެދުމަށާއި، މަސްކިރުވޭނެ ގޮތެއް ހަމަނުޖެހޭ ހިނދަކު ތިނަދޫ އައިސްޕްލާންޓް ނުހުޅުވޭނެ ކަމަށް މަސްވެއިން ދަނީ ބުނަމުންނެވެ.

ތިނަދޫ ސަރަހައްދުން މަސްވެރިކަން ކުރާ މަސްވެރިން ކޫއްޑޫއަށް ގޮސް މަސް ކިރުމަށް ބޭނުންވާ ނަންބަރު ނަގައިގެން ކުރަންޖެހޭ ދިގު ދަތުރުގެ ސަބަބުން މަސްވެރިންގެ އަތުން ތެލުގެ ހަރަދު އިތުރުވެގެން ދިއުމާއި މަސްކިރުވުމަށް އިތުރު ވަގުތު ހޭދަވާ މައްސަލައަކީ މަސްވެރިންގެ އަބަދުވެސް އޮތް ކަންބޮޑުވުމެކެވެ.

ސަރުކާރުން ދަނީ ތިނަދޫގައި މަސްގަނެ ރައްކާކުރާ ކާރުހާނާއެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންނެވެ. މިތަނުގެ މަސައްކަތް ދާ ސްޕީޑާއި މެދުވެސް މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!