މަސްވެރިކަމާއި ގުޅޭ

0_Salt-water-crocodile

އޮސްޓްރޭލިއާގައި މޫދަށް ގޮސް އުޅުނު މީހަކަށް ކިނބުލެއް ހަމަލާދީފި

އޮސްޓްރޭލިއާގައި މޫދަށް ގޮސް އުޅުނު މީހަކަށް ކިނބުލެއް ހަމަލާދީފިއެވެ. އެމީހާއަށް ހަމަލާދީފައިވަނީ ސްނޯކްލިންގަށް ގޮސް އުޅުމުގައެވެ.

އޮސްޓްރޭލިއާގެ ބްރިސްބޭންއަށް ނިސްބަތްވާ 50 އަހަރުގެ އެމީހާއަށް ކިނބޫ ހަމަލާދީފައިވަނީ ނޯތު ކުއީންސްލޭންޑުގައި އެކަހެރިކޮށް އޮންނަ ރަށެއްގެ ކައިރިންނެވެ. އެކްސްކާޝަން ދަތުރެއްގައި ބަޔަކާއި އެކު ސްނޯކަލް ކުރަމުން ދަނިކޮށް ކިނބޫ ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ދަ މެއިލް އޮންލައިން ނޫހުގައި ވާގޮތުން މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 2 ޖަހާކަން ހާއިރުއެވެ. އޭނާ ކިނބޫ ކައިރިން ސަލާމަތްކޮށްފައިވަނީ ކަައިރީގައި ތިބި މީހުންނެވެ. އަދި އެއްގަމަށް އަރުވާ ލިބިފައިވާ ޒަހަމްތަކަށް އަވަސް ފަރުވާދިނުމަށް މަސައްކަތްކޮށްފައިވެއެވެ.

އެމީހާވަނީ ހެލިކަޕްޓަރުގައި ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާ ތަހްޤީޤުކުރުމުގެ މަސައްކަތް ކަމާ ގުޅޭ ވުޒާރާތަކުންވަނީ ފަށާފައެވެ.

ކުއީންސްލޭންޑުގައި މިފަހުން ކިނބޫ ހަމަލާ ދިނުމުގެ ހާދިސާތައްވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވީ8 ހަފްތާތެރޭ މިފަދަ3 ހާދިސާ ވަނީ ހިނގާފައެވެ. އޭގެތެރެއިން އެއް ހާދިސާއެއްގައި ކިނބޫވަނީ މަސްވެރިއެއް އެއްކޮށް ކާލާފައެވެ. އަދި އެހެން ހާދިސާއެއްގައި ކިނބުލެއްވަނީ ކުއްތާއެއް ކާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!