މަސްވެރިކަމާއި ގުޅޭ

FxNPR9RaEAEf0gc

ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިއްޖެ

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 18.39 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ނ. ވެލިދޫއަކީ 2700 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވ.ެ އެ ރަށު ރައްޔިތުން ޢާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވ.ެ އަދި މަސްވެރިކަމުގެ ދާއިރާގައިވެސް މަދުބަޔަކު މަސައްކަތްކުރެއެވ.ެ ދޯނި އެހެލާ ވަކި ސަރަޙައްދެއް ނެތުމުގެ ދަތިކަން ވެލިދޫ ރައްޔިތުން ދަނީ ޒަމާނުއްސުރެ ތަޙައްމަލު ކުރަމުންނެވ.ެ އަދި އެ ރަށަކީ ސަފާރީތައް ގިނަ އަދަދަކަށް އެހެލާ ރަށަކަށް ވާތ،ީ ރައްޔިތުން އުފުލަން ޖެހޭ ދަތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވ.ެ

މިހެން މިކަން އޮއްވައ،ި މި ސަރުކާރުން މިހާރު މިވަނ،ީ މި ދަތިކަން ހައްލުކޮށްދެއްވައި ޒަމާނީ ދޯނި އެހެލާ ސަރަޙައްދެއް އެރަށުގައި ޤާއިމުކޮށްދީފައެވެ. އެމްޓީސީސީން ދެކޭގޮތުގައ،ި ފުރިހަމަ ކުރެވުނު ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކ،ު ވެލިދޫ ރައްޔިތުންނަށް ދޯނި އެހެލުމަގައާއި ސަފާރީ އެހެލުމުގައި
އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި ހިއްކި ސަރަޙައްދުގެ 138,247 އަކަ މީޓަރުގެ ބިންގަނޑު އެއްވަރުކުރުމާއ،ި 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!