މާވަހަރެއްް، ފައިލް ފޮޓޯ-ސިއޭސެޓު
މާވަހަރެއްް، ފައިލް ފޮޓޯ-ސިއޭސެޓު

6.5 ކިލޯގެ މާވަހަރަކާއި އެކު ބެންގަލޫރުގައި ބަޔަކު ހައްޔަރުކޮށްފި

މާވަހަރު ގެންގުޅެގެން އިންޑިއާގެ ސެންޓްރަލް ކްރައިމް ބްރާންޗު ޕޮލިސްއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުން މި މީހުން ހައްޔަރުކޮށްފައިވަނީ 6.5 ކިލޯގެ މާވަހަރަކާއި އެކުއެވެ. އެމީހުންގެ މައްސަލަވަނީ ވީވީ ޕުރަމް ޕޮލިސް ސްޓޭޝަންގައި ރަޖިސްޓްރީކޮށްފައެވެ.

އެމީހުންގެ މައްސަލަ ބަލާނީ ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓުގެ ދަށުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަރީހަރަން ނަމަކަށް ކިޔާ މީހަކާއި ސެލްވަރާޖް ނަމަކަށް ކިޔާ މީހެކެވެ. ބެލެވޭގޮތުގައި އެމީހުން މަސައްކަތްކުރަމުން ދިޔައީ އެ މާވަހަރު ކަޅު ބާޒާރުގައި ވިއްކާލުމަށެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެއް ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އަދި މަދުން ނަމަވެސް އޭގެ ވިޔަފާރިކުރާ ފަރާތްތައް ވަނީ އަތުލައިގަނެވިފައެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސްް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!