352808380_231712032946834_3224639382915985624_n

"އުތުރުން ދެކުނަށް": ޒުވާން މަސްވެރިޔާ މިހާރު ހުރީ ނައިވާދޫގައި

"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ ފަސްވަނަ މަންޒިލް ކަމުގައިހާ، ހދ. ނައިވާދޫގައެވެ.
ޒުވާން މަސްވެރިޔާ ނައިވާދޫއަށް ދިޔައީ ފިނޭއިންނެވެ.
ފިނޭއިން ފުރުވާލުމުގެ ގޮތުން ފިނޭގެ ރައްޔިތުން ބޭއްވި ރަސްމިއްޔާތުގެ ވީޑިއޯ ހިއްސާކުރަމުން ސާޖިން ބުނީ، ފިނޭއިން ދިން ހާއްސަ މެހެމާންދާރިއަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އުތުރުން ދެކުނަށް މި ކުރާ ދަތުގައި ގިނަ ރަށްތަކަކަށް ދަތުރުކުރެވިފައިވާއިރު, މި ދަތުރުގައި އަޅުގަނޑަށް ފިނޭ ފާހަގަކުރެވުނީ ފުރިހަމަ މެހެމާންދާރީއެއް އަދާކުރާ, ނުހަނު އޯގާތެރި, ހިތްހެޔޮ, އެކުވެރި ބަޔަކު ދިރިއުޅޭ ނަމޫނާ ރަށެއްގެ ގޮތުގައި. އަޅުގަނޑުގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ހާއްސަކޮށް ފިނޭގެ ކައުންސިލް ހިމެނޭގޮތުން ފިނޭގެ އެންމެހާ ރައްޔިިތުން ދެއްވި އެއްބާރުލުމާއި ދެއްވި ފުރިހަމަ މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން." ސާޖިން ބުންޏެވެ.
ޒުވާން މަސްވެރިޔާ ފިނޭއިން ފުރުމުގެ ރަސްމިއްޔާތު

ޒުވާން މަސްވެރިޔާ ބުނާ ގޮތުގައި، ފިނޭ ޒުވާނުންނަކީ ސްޕޯޓްސް ފިޝިންގްއަށް ވަރަށް ލޯބިކުރާ ބައެއް ކަމަށް ފިނޭ އަށް ކުރި ދަތުރުން އެނގުނު ކަމަށެވެ.

ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.

ހއ ގެ ރަށްތަކުން ވަނީ ޒުވާން މަސްވެރިޔާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ފިނޭއިންވެސް ޒުވާން މަސްވެރިޔާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި ވާއިރު، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވަނީ ދިވެހި ސަގާފީ ކެއުމަށް އިންތިޒާމު ކޮށްފައެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށުގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!