354245439_789641032560599_7977939159971578479_n

އުތުރުން ދެކުނަށް ކުރާ ދަތުރުގައި ޒުވާން މަސްވެރިޔާ ނެއްލައިދޫއަށް ފޯރައިފި

"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ ހަވަނަ މަންޒިލް ކަމުގައިހާ، ހދ. ނެއްލައިދޫގައެވެ. ޒުވާން މަސްވެރިޔާ ނެއްލައިދޫ ދިޔައީ ނައިވައިދޫއިންނެވެ.

ޒުވާން މަސްވެރިއާއަށް ނެއްލައިދޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.

ހއ ގެ ރަށްތަކުން ވަނީ ޒުވާން މަސްވެރިޔާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ނައިވައިދޫއިންވެސް ޒުވާން މަސްވެރިޔާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށުގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!