ހުޅަނގު މޫސުމުގެ ހަ ވަނަ ނަކަތް ކަމުގައިވާ "އަދަ" ނަކަތަކީ ޖޫން 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި ވައި ޖެހޭނީ ހުޅަނގު ދެކުނުންނެވެ. އަދި މި ނަކަތުގައި ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކުރާނެއެވެ.
މި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
މި ނަކަތުގައި މަސް އުޅޭނީ އައިން ހަދައިގެންނެވެ.
8 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ.