"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުން އަންނަ ދަތުރުގައި، ނައިވާދޫ ޒަމާނީ ވިލާ، މަންސޫރު އަލީ، 29، ކިޔައިދިނީ ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު ކަނޑުއަޑީގެ ހޮހަޅައިގެ ވާހަކައެވެ.
ނައިވާދޫއަށް ޒިޔާރަތް ކޮށްލަންޖެހޭ ސަބަބު ތަކުގެ ތެރޭގައި މި ބޮޑު ހޮހަޅައިގެން އިތުރުން މަންސޫރު ފާހަގަ ކުރީ، އެރަށުގައި ހަދާފައިވާ ޑައިވް ސެންޓަރާއި، ވޯޓަރ ސްޕޯޓްސްގެ ހިދުމަތްތަކެވެ.
ގިނަ މީހުންނަށް ނައިވާދޫއަކީ ކޮބައިކަން ނޭނގޭކަން ފާހަގަކޮށް މަންސޫރު ބުނީ އެއީ ނައިވާދޫއަކީ ކުޑަ ރަށަކަށް ވާތީ ކަމަށެވެ.
ދެކޮޅުގައި ދެ ތުނޑި އޮންނަ ނައިވާދޫއަކީ ރީތި ގޮނޑުދޮށެއް އޮންނަ، މީހުން ރަނގަޅު ރަށެކެވެ. އަދި އެ ރަށަކީި މަސްތުވާތަކެއްޗާއި ވައްކަން ފަދަ ކުށްތައް ނެތް އަމާން ރަށެކެވެ.
މަންސޫރު ބުނި ގޮތުގައި އެރަށު ޑައިވް ސެންޓަރުން އޯޕަން ވޯޓަރއިން ފެށިގެން ޑައިވް މާސްޓާސްއާ ހަމައަށް ކޯސްތައް ހަދައިދެއެވެ.
"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ ހަވަނަ މަންޒިލް ކަމުގައިހާ، ހދ. ނެއްލައިދޫގައެވެ.
ސާޖިންގެ މި ދަތުރުގެ އަދާހަމަތައް އޭނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގެ އެހީގައި ދަނީ އާއްމުކުރަމުންނެވެ.