0_short-snouted-s-1021216

އާއްމުކޮށް ނުފެންނަ ބާވަތުގެ ސީހޯސްއެއް ފެނިއްޖެ

އާއްމުކޮށް ނުފެންނަ ބާވަތުގެ ސީހޯސްއެއް އެސެކްސްގެ ކަނޑުގެ އައްސޭރިން ފެނިއްޖެއެވެ.

މި ހޯސް ފެނިފައިވަނީ މަސްވެރިއަކަށެވެ. އޭނާއަށް ފެނިފައިވަނީ ޝޯޓް ސްނައުޓަޑު ސީހޯސްއެކެވެ.

މި ހޯސް އޭނާވަނީ އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ. ސީ ހޯސްއަކީ އިނގިރޭސިވިލާތުގައި ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.

މިއީ  އެސެކްސްގެ ކަނޑުގެ އައްސޭރިން ސީ ހޯސްއެއް ފެނުނު ފުރަތަމަ ފަހަރުތަކަށް އެންވަޔަރަމެންޓް އޮފިސަރުން ހާމަކުރެއެވެ.

މި ސީހޯސް ފެނުނު މަސްވެރިއާ ގެރީ ހެމްބްލިންގ ބުނީ ސީހޯސް އެ ސަރަހައްދުން މީގެކުރިން ފެނުނު ކަމަށް އަޑު އިވިފައިވަނީ މީގެ 40 އަހަރު ކުރިން ކަމަށާއި އެއީވެސް މަހެއްގެ ބަނޑުތެރެއިންކަމަށެވެ.

މި ސީހޯސް އާއި ގުޅޭ މައުލޫމާތުތައްވަނީ ސީހޯސް ޓްރަސްޓާއި ހިއްސާކޮށްފައެވެ. ސީހޯސް ޓްރަސްޓުއަކީ ނެޝަނަލް ސީހޯސް ޑޭޓާބޭސް ބަލަހައްޓާ ފަރާތެވެ.

މީގެއިތުރުން އައިނެޗުރަލިސްޓު ޑޮޓް އޯގްގައިވެސްވަނީ މީގެ މައުލޫމާތު ހިމަނާފައެވެ. މި އެޕްއަކީ ހާވިޗް ހޭވަން އޮތޯރިޓީގެ ކަންޑުގެ އައްސޭރިން ފެންނަ ކަނޑުގެ ދިރުންތަކާއި ގުޅޭ މައުލޫމާތު ފެންނަން ހުންނަ އެޕްއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!