މަސްވެރިކަމާއި ގުޅޭ

އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އައި އިންޑިއަން ނޭވީގެ ފްލައިޓް ހަނިމާދޫގައި/ ފޮޓޯ: އެމްއެންޑީއެފް
އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އައި އިންޑިއަން ނޭވީގެ ފްލައިޓް ހަނިމާދޫގައި/ ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދުގައި "އޭރިއަލް ސަވައިލަންސް ޕެޓްރޯލް" ކުރަން ފަށައިފި

އިންޑިއަން ނޭވީއާއި އެމްއެންޑީއެފް ކޯސްޓްގާރޑް ގުޅިގެން ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަހައްދުގައި އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރަން ފަށައިފިއެވެ.

މި އޮޕަރޭޝަންގައި ބައިވެރިވުމަށް އިންޑިއަން ނޭވީގެ ޑޯނިއާ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ.

2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށެވެ.

މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޤަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!